ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުމާ ގުޅޭ

 

 

އިޢުލާން

ނީލަން ކިޔުމާ ގުޅޭ

 

މި އިދާރާގައިވާ ބައުވެ ހަލާކުވެފައިވާ މުދާ، "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުޞޫލު" ގެ 2 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންވޭތޯ ބެލުމަށް ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ. މި އިޢުލާނާއިއެކު މި އިދާރާގައިވާ ބައުވެ ހަލާކުވެފައިވާ މުދަލުގެ މަޢުލޫމާތު  "ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ޗެކްކުރާ ފޯމް" އިން ޢާއްމުކޮށްފައިވާނެއެވެ.

ވީމާ، ސަރުކާރުގެ އެއްވެސް އިދާރާއަކުން މި އިޢުލާނާއެކު ޢާއްމުކޮށްފައިވާ "ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ޗެކްކުރާ ފޯމް" ގައިވާ މުދަލެއް ބޭނުންވެލައްވާނަމަ އެކަން 11 ފެބްރުވަރީ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. މި މުދަލާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު:6840007 ފޯނަށް ގުޅުއްވުން އެދެމެވެ.

                                                              

31 ޖަނަވަރީ 2019
ހޯދާ