ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ ހިތަދޫ ޒިޔާރަތް ފަންނުން ފެށިގެން ޑޭޒީމަގާއި ދެމެދު ހުޅަނގުފަރާތުން ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ހަދަންޖެހޭ އީ.އައި.އޭ ހަދައިދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)426-AA/426/2019/9 އިޢުލާނަށް، އެކަށީގެންވާ އަދަދަށް އިޖާބަ ލިބިފައިނުވުމާއެކު، މިމަސައްކަތަށް ބިޑް ވިއްކާ މުއްދަތު އިތުރު ކުރީމެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2019 ޖަނަވަރީ 29 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ން ފެށިގެން 2019 ފެބުރުވަރީ 04 ވާ ހޯމަ ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2019 ފެބުރުވަރީ 11 ވާ ހޯމަ ދުވަހުގެ 13:30ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2019 ޖަނަވަރީ 29 ވާ އަންގާރަ ދުވަހުން ފެށިގެން 2018 ފެބުރުވަރީ 03 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 ފެބުރުވަރީ 03 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]
23 ޖުމާދަލް އޫލާ 1440