މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ކޯލް ސެންޓަރ އޮޕަރޭޓަރ (1 އަހަރު ދުވަހުގެ މުއްދަތަށް)

ކޯލް ސެންޓަރ އޮޕަރޭޓަރ (1 އަހަރު ދުވަހުގެ މުއްދަތަށް)

ނަންބަރ: (IUL)13-HR/13/2019/22   

ތާރީޚް : 24 ޖަނަވަރީ 2019

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް،

ކ. މާލެ

ބޭނުންވާ ޢަދަދު:

 

 

02 (ދޭއް)

މުސާރަ

-/7،000 ރ (ހަތްހާސް ރުފިޔާ)

މަޤާމްގެ ޝަރުތު:

މަތީ ސާނަވީ އިމްތިހާން ނިންމާފައިވުން

މަސްއޫލިއްޔަތު:

 

- މިނިސްޓްރީގެ ކޯލް ސެންޓަރ އަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދީ ކޯލް ލޮގްކުރުން

 

- މިނިސްޓްރީގެ ކޯލް ސެންޓަރއަށް ޕޭމަންޓްސް ކަންތަކާގުޅާ ފަރާތްތަކަށް ޖަވާބު ދިނުމާއި ޕަބްލިކް އެކައުންޓިންގ ސޮފްޓްވެއަރގެ ތެރެއިން ކަނޑައެޅިފައިވާ މިންގަޑުގެ ތެރެއިން ޕޭމަންޓްތައް ޗެކްކޮށް ގުޅާ ފަރާތްތަކަށް ފޯރުކޮށްދިނުން.

 

- މިނިސްޓްރީގެ ކޯލް ސެންޓަރ އަންނަ ފޯން ކޯލްތަކުގެ ލޮގް ޗެކްކޮށް އަނބުރާ ގުޅަންޖެހޭ ފަރާތްތަކަށް ގުޅުން.

 

- މިނިސްޓްރީއަށް އެކިއެކި ފަރާތްތަކުން ފޮނުވާ ސިޓީތަކާގުޅޭ ގޮތުން އަންނަ ފޯންކޯލްތަކުގެ ލޮގް ޗެކެކޮށް އެފަރާތްތަކަށް ސިޓީއާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.

 

- މި މިނިސްޓްރީގެ ހެލްޕް ޑެސްކްއަށް އަންނަ މެއިލްތައް ޗެކްކޮށް މެއިލްތަކަށް ޖަވާބުދިނުން.

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

-އޮޕަރޭޓަރުންގެ ގޮތުގައި މަސައްކަތް ކޮންފައިވާ މިންވަރާއި މި މަސައްކަތަށް ޝައުގުވެރިކަން ހުރި މިންވަރު

-ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ ފަރާތްތައް

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓިފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް

ސުންގަޑި:

03 ފެބްރުއަރީ 2019 ވާ (އާދީއްތަ) ދުވަހުގެ 13:30 ގެ ނިޔަލަށް

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349169/3349297/3349335/3349252 ނަންބަރ ފޯނާއެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުތު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 2 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު މި މިނިސްޓްރީގައި އޮންނާނެއެވެ.

24 ޖަނަވަރީ 2019
ހޯދާ