އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ދަނގެތީ ސްޓެލްކޯ އިންޖީނުގެއަށް، ބަނދަރުން ތެޔޮހޮޅި އެޅުމަށް ޓަކައި ކެނޑުމަށް ހަމަޖެހިފައިވާ މަގުގައިހުރި ރުކުގެ ވެރިން ހޯދުން:

           އދ.ދަނގެތީ ސްޓެލްކޯ އިންޖީނުގެއަށް، ބަނދަރުން އިންޖީނުގެއަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރުމަށްޓަކައި އަލަށް އިންޖީނުގެ އަށް އެޅުމަށް ހަމަޖެހިފައިވާ ތެޔޮހޮޅި އެޅުމަށް ޓަކައި އިންޖީނުގޭގެ ދެކުނުން އޮތްމަގު އިންޖީނުގެއިން ބަނދަރަށް އެމަގު ކަނޑާ ތެޔޮހޮޅި ވަޅުލުމުގެ ގޮތުން މަގު ސާފުކުރަންވަނީ، ބޭނުންވެފައެވެ.

              މިގޮތުން މިމަގުކަނޑާ އެމަގުގައި ތެޔޮހޮޅި ވަޅުލުމުގެ މަސައްކަތް ކުރުމަށް ދަތިވާގޮތައް އެމަގުގައި ހުރި ކަނޑަން ބޭނުންވާ ރުއްތަކުގައިވާނީ، ނަމްބަރު: 1،2،3،4 ޖަހާ އެރުއްތައް ފާހަގަ ކުރުމުގެ ގޮތުން ރަތް ކުލައިގެ ދަވާދުން ވަށާއިގެން ބަންދު އަޅާއި ކަނޑަންޖެހޭ ރުއްތައް ފާހަގަ ކޮށްފައެވެ. މިގޮތުން އެރުއްތަކުގައި ނަމްބަރު ޖެހިއިރު ނަމަބރު: 1،2،4 ޖަހާފައިވާ 03 ރުކުގައި އެއްވެސް ނަމެއް ނަމްބަރެއް ސާފުކޮށް ފެންނާކަށް ނެތެވެ.

               ވީމާ، އދ.ދަނގެތީ ސްޓެލްކޯ އިންޖީނުގެއަށް، ބަނދަރުން އިންޖީނުގެއަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރުމަށްޓަކައި އަލަށް އިންޖީނުގެ އަށް އަޅުމަށް ހަމަޖެހިފައިވާ ތެޔޮހޮޅި އެޅުމަށް ޓަކައި ކަނޑަން ހަމަޖެހިފައިވާ މަގުގައި ހުރި ކަނޑައްޖެހޭ ނަމެއް ނަމްބަރެއް އެނގެންނެތް ނަމްބަރު: 1،2،4، ޖަހާފައިވާ ރުކުގެ ވެރިއަކުވާނަމަ އެ ރުއްރުކައި 30 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 14.00 ގެކުރިން ނަންޖަހާ  ނިންމެވެވުން އެދެމެވެ. 

               މި ދެންނެވި މުއްދަތުގެ ތެރޭގައި އދ.ދަނގެތީ  ސްޓެލްކޯ އިންޖީނުގެއަށް ތެޔޮހޮޅި އެޅުމަށް ކަނޑަން ބޭނުންވާ ނަމެއް ނަމްބަރެއް އެނގެން ނެތް ރުއްރުކައި ނަންޖަހާ ނުނިންމައިފިނަމަ ނަމެއް، އަދި ނަމްބަރ އެއް އެނގެން ނެތް ރުއްރުކަކީ، ވެރިއަކު ނެތް ރައްޔިތުންގެ ރުއްކަމުގައި ބަލާ އެފަދަ ރުއްރުކުގެ ބަދަލުގެ ކަންކަން މި ކައުންސިލްގެ އިދާރާއިން ނިންމާނެކަން ޢާއްމުކޮށް އަންގަމެވެ.

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. 

22 ޖަނަވަރީ 2019
ހޯދާ