ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Magu bahthithah maramaathukoh belehehtun

c

 

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

މާމެންދޫ  / ދިވެހިރާއްޖެ          

 

ނަންބަރ: (IUL)403-M/403/2019/14

އިޢުލާނު

މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމާ ގުޅޭ       

           އަމިއްލަ ތަކެތީގައި މަގުބައްތިތައް މާރާތާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

 

     * މަޢުލޫމާތު ސާފުކުރުން: 30 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި

     * އެސްޓިމޭޓް ހުށަހެޅުން: 06 ފެބުރުވަރީ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި

 

           މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ޤާނޫނު ނަންބަރު (18/2014) ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ތަކަށެވެ.

          މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

         16 ޖުމާދަލްޢޫލާ 1440

               22 ޖަނަވަރީ 2019

 

                                                      ޙުސައިން ޙަބީބު ޢަލީ

                                                     ކައުންސިލުގެ ނ.ރައީސް

22 ޖަނަވަރީ 2019
ހޯދާ