މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެރޮޑްރޯމް އިންސްޕެކްޓަރ

މަޤާމް:

އެރޮޑްރޯމް އިންސްޕެކްޓަރ

ބޭނުންވާ އަދަދު:

02

ސެކްޝަން:

އެއަރ ނެވިގޭޝަން އެންޑް އެރޮޑްރޯމް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ

މުސާރަ އާއި އެލަވަންސް:

30,310.75

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

  1. ސިވިލް އިންޖިނީއަރިންގ ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން މާސްޓަރސް ޑިގްރީ ޙާޞިލު ކޮށްފައިވުން އަދި މަދުވެގެން 2 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން ނުވަތަ އެސިސްޓެންޓް އޭރޯޑްރޯމް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

 2. ސިވިލް އިންޖިނީއަރިންގް ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން ބެޗެލާސް ޑިގްރީ ޙާޞިލު ކޮށްފައިވުން ނުވަތަ އޭޓީސީ ލައިސެންސް މަދުވެގެން 2 ރޭޓިންގްއާއި އެކު  ލިބިފައިވުން ނުވަތަ ނުވަތަ ސީޕީއެލް ލައިސެންސް ލިބިފައިވުން  އަދި މަދުވެގެން 3 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން ނުވަތަ އެސިސްޓެންޓް އޭރޯޑްރޯމް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 ނުވަތަ

 3. އެރޮޑްރޮމްސް އާއި ގުޅޭ 2 އޭރިއާއަކުން  ޓްރޭނިންގްސް ހާސިލްކޮށްފައިވުން(އެއާޕޯރޓް އިމާޖެންސީ ޕްލޭނިންގް، ރެސްކިއު އެންޑް ފަޔަރ ފައިޓިންގް، އެއާޕޯޓް ޕޭވްމަންޓް މެއިންޓަންސް، އެއާފީލްޑް ގްރައުންޑް އެއިޑްސް، އަދި މަދުވެގެން 7 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން ނުވަތަ އެސިސްޓެންޓް އޭރޯޑްރޯމް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން އޭރޯޑްރޯމްސް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ICAO އެނެކްސް 14 ގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ރާއްޖޭގެ ވައިގެ ބަނދަރުތައް ސެޓިފައިކޮށް ސްޓޭންޑަރޑްސް ބެލެހެއްޓުމަށް ކުރެވޭ މަސައްކަތުގައި ސީނިއަރ އޭރޯޑްރޯމްސް އޮފިސަަރަށް އެހީތެރިވުން
  3. ވައިގެ ބަނދަރުތަކުގެ ޚިދުމަތްތައް ސިވިލް އޭވިއޭޝަން ރެގިއުލޭޝަންސްގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ހުރިތޯބަލާ ޗެކްކުރުން
  4. ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ކަޑައެޅިފައިވާ ގޮތަށް ޤަވާއިދުން ކުރުމުގައި ސީނިއަރ އޭރޯޑްރޯމްސް އޮފިސަރަށް އެހީތެރިވުން
  5. ވައިގެ ބަނދަރުތަކުގެ އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ހެދުމަށްފަހު ރިޕޯރޓްތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެފަރާތްތަކާއި ހަވާލުކުރުން
  6. އޮޑިޓް/އިންސްޕެކްޝަންސްގެ ފޮލޯއަޕް ކަޑައެޅިފައިވަ ތާރީޚްތަކަށް ހެދުން
  7. ފްލޯޓިންގ ޕްލެޓްފޯމް ތަކަށް ލައިސަންސް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް އެތަންތަނުގެ ސަލާމަތީ ފެންވަރު ބެލެހެއްޓުމުގެ ގޮތުން އިންސްޕެކްޓް ކުރުން.
  8. ވައިގެ ބަނދަރުތައް ހިންގާ ފަރާތްތަކުން ޢަމަލުކުރާ 'ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްސް' ދިރާސާކޮށް ބެލެހެއްޓުމުގައި ސީނިއަރ އޭރޯޑްރޯމްސް އޮފިސަރަށް އެހީތެރިވުން
  9. ވައިގެ ބަދަރުތަކުގައި ދިމާވާ ހާދިސާތައް ބަލާ ތަހްގީގު ކުރުމުގައި އެހިީތެރިވުން
  10. ޤަވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމަށް (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންްމުން  އަދި އެރޮޑްރޯމްސް މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުމުގައި އެހީތެރިވުން
  11. އަދި މިނޫން ވެސް އެރޮޑްރޯމްސް އާއި ގުޅޭދާއިރާއިން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

1-      މަޤާމުގެ މަސައްކަތާގުޅޭ ގޮތުން ހާސިލްކޮށްފައިވާ ޕްރޮފެޝަނަލް ޓްރެއިންންގް އާއި ތަޖްރީބާ

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

1-      29 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

1-      ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

2-     ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

21 ޖަނަވަރީ 2019
ހޯދާ