ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ތުރުކީ ވިލާތުގެ އިސްތަންބުލްގައި އޮންނަ ޤުރްއާން މުބާރާތުގެ ދަޢުވަތު

އިޢުލާން

 

ތުރުކީ ވިލާތުގެ އިސްތަންބުލްގައި އޮންނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމާބެހޭ

 

2019 ވަނަ އަހަރު މެއި 19 އިން 27 އަށް ތުރުކީ ވިލާތުގެ އިސްތަންބުލްގައި ބޭއްވުމަށް ހަމަޖެހިފައިވާ 7 ވަނަ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 2 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވެވޭނީ 1 ބައިވެރިއެކެވެ.

 

ދައުވަތު ލިބިފައިވާ ކެޓަގަރީތައް

  1. ތިލާވާ ( މުޅި ޤުރްއާން ) ތަޖުވީދުގެ ހަމަތަކާއެކު
  2. ޙިފްޡް ( މުޅި ޤުރްއާން ) ތަޖުވީދުގެ ހަމަތަކާއެކު

 

ބައިވެރިވުމުގެ ޝަރުޠު

  1. އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފިރިހެނަކު ކަމުގައިވުން.
  2. އިންޓަރނޭޝަނަލް މުބާރާތެއްގައި ބައިވެރިވެފައިވާ ކެޓަގަރީގައި 1 ވަނަ ހޯދާފައި ނުވުން.
  3. އިސްލާމީ ދުނިޔޭގައި މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.

ވީމާ، މު މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2019 މާރިޗް 14 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން ބައިވެރިވުން އެދި ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ސިޓީއާއެކު އައިޑީ ކާޑު ކޮޕީ، 1 ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.

16 ޖަނަވަރީ 2019
ހޯދާ