ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
16 ވަނަ އަލްޖީރިޔާ އިންޓަރނޭޝަނަލް ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ދަޢުވަތު

ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢްވަތު

 

16 ވަނަ އަލްޖީރިޔާ އިންޓަރނޭޝަނަލް ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 މޭ މަހުގެ 25 ން 30 ށް ( 1440 ރަމަޟާން 20 ން 26 ށް) އަލްޖީރިއާގެ ވެރިރަށުގައެވެ. މުބާރާތުގައި ބައިވެރިވާ ފަރާތަށް ޓިކެޓު ޚަރަދާއި ހުރުމުގެ ޚަރަދު އަލްޖީރިއާ ސަރުކާރުން ދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަށް މަރްކަޒުން އެއްވެސް ޚަރަދެއް ކުރާގަތަށް ހަމަޖެހިފައި ނުވެއެވެ.

ބައިވެރިވުމުގެ ޝަރުޠު   

 

1-      ކީރިތި ޤުރްއާން ހިތުދަސް ފަރާތެއް ކަމުގައިވުން.

2-      ޢުމުރުން  25 އަހަރު ނުފުރޭ ފަރާތެއް ކަމުގައިވުން.

3-      ތަޖުވީދު ޙުކުމްތަކު މަތިން ފުރިހައަށް ކިޔަވަން ދަންނަ ފަރާތެއްކަމުގައިވުން.

4-      މީގެ ކުރިން މި މުބާރާތުގައި ބައިވެރި ވެފައިވާ ފަރާތެއް ކަމުގައިނުވުން.

 

 

 

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2019 ޖަނަވަރީ 31 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު އައިޑީ ކާޑު ކޮޕީ، 1 ޕާސްޕޯޓް ސައިޒް ފޮޓޯ އަދި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތަށް ބައިވެރިޔަކު ހޮވާނީީ މަރުކަޒުން ބައިވެރިން އިމްތިޙާން  ކުުރުމަށްފަހުގައެވެ.

16 ޖަނަވަރީ 2019
ހޯދާ