ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަންސިލް އިދާރާއަށް އ.ޑިރެކްޓަރެއް ހޯދުމަށް

ނަންބަރ: (IUL)380/2019/03

އިޢްލާން

 

ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އިދާރާގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ

 

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު ނަންބަރު:

J-252127

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ގިންތި:

ދާއިމީ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

މުސާރަ:

މަހަކު -/7,035ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

މަހަކު -/900 ރުފިޔާ

ޔުނިޓް:

ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ، ދ.މާއެނބޫދޫ

އޮފީސް

ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ ޝަރުޠުތައް:

1.       މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

2.      މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ،

3.      މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

 

 

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

 

 

 

1.      ކޯޕަރޭޓް އެފެއާޒް ޔުނިޓްގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން ޔުނިޓްގެ އެންމެހާ މަސައްކަތްތަކެއް ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގައި ބެލެހެއްޓުމާއި، ޔުނިޓްގެ މަސައްކަތްތަކާ ގުޅޭ ލިޔެކިއުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބަލަހައްޓައި، ފަސޭހަކަމާއެކު މި މަޢުލޫމާތުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުން.

2.      ކައުންސިލުން ކޮންމެ އަހަރަކު ރަތްޔިތުންނާ ބައްދަލުކުރުމަށް ލާމަރުކަޒީ ޤާނޫނުން ލާޒިމްކޮށްފައިވާ ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ބައްދަލުވުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް ޔުނިޓްގެ ތެރެއިން ފުރިހަމަކޮށް، ބައްދަލުވުންތައް ބަރާބަރަށް ކުރިޔަށް ގެންދެވުމާއި އަދި ކައުންސިލުން ބާއްވާ އެހެނިހެން ބައްދަލުވުންތަކަށްވެސް ބޭނުންވާ އިދާރީ އިންތިޒާމް ހަމަޖެއްސުން.

3.      ކޯޕަރޭޓް އެފެއާޒް ޔުނިޓަށް އަންނަ ހުރިހާ ލިޔެކިޔުންތަކަށް ދުވަހުން ދުވަހަށް އެޓެންޑްކޮށް، ޖަވާބުފޮނުވަން ޖެހޭ ލިޔެކިޔުންތަކަށް ޖަވާބުފޮނުވުމުގެ މަސައްކަތް ޔުނިޓިގެ ތެރެއިން ހިންގައި ބެލެހެއްޓުން.

4.      ކައުންސިލްގެ ފައިސާ އާއި ގުޅުންހުރި އެންމެހާ މުޢާމަލާތްތަކެއް މާލިއްޔަތު ޤާނޫނާއި އަދި މާލިއްޔަތު ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ހިންގައި ބެލެހެއްޓުމާއި، ޖަވާބުދާރީ ވާންޖެހޭ އެންމެހާ ފަރާތްތަކަށް ޖަވާބުދާރީ ވުން.

5.      ކައުންސިލުން ކޮންމެ އަހަރަކު ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭ އަހަރީ ބަޖެޓު ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވުމާއި، މިނިސްޓްރީން އެޕްރޫވް ކުރާ އެހީގެ މައްޗައްށް ބިނާކޮށް، ކައުންސިލްގެ ރެވެނިއު ހިމަނައިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ފޮނުވަންޖެހޭ ބަޖެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ފޮނުވުން.

6.      ކައުންސިލްގެ އަހަރީ ރިޕޯޓާއި އަދި އެހެނިހެންވެސް، ކައުންސިލުން ފޮނުވަންޖެހޭ ރިޕޯޓުތައް އެކުލަވާލައި ކަނޑައެޅިފައިވާ ތާރީޚްތަކުގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ ހުރިހާ މަސައްކަތްތަކެއް ކޮށް ރިޕޯޓްތައް ބަރާބަރަށް ފޮނުވުން.

7.      ކައުންސިލުން ވިޔަފާރީގެ އުޞޫލުން ކުއްޔަށްދޫކުރާ އެންމެހާ ޢިމާރާތްތަކާއި އަދި އެހެނިހެންވެސް މިފަދަ ތަންތަނަށް ލިބެންޖެހޭ ކުލި، ބަރާބަރަށް ހޯދުމުގެ މަސައްކަތްތައް ޔުނިޓްތެރެއިން ހިންގައި ބެލެހެއްޓުން.

8.      އިދާރާގެ ހުރިހާ މުވައްޒަފުންގެ ރެކޯޑްތަކާއި، ޕާސަނަލް ފައިލްތައް އެކުލަވާލައި ރައްކާތެރިކަމާއެކު ބެލެހެއްޓުން

9.      ކައުންސިލް މެމްބަރުންނާއި، ހުރިހާ އިދާރީ މުވައްޒަފުންގެ ޙާޒިރީ ބަރާބަރަށް ބެލެހެއްޓުމާއި ޙާޒިރީއާއި ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ފުރިހަމަކޮށް ބެލެހެއްޓުން.

10. ކޮންމެ އަހަރެއް ފެށުމުން މުވައްޒަފުންގެ ޗުއްޓީ ތާވަލް އެކުލަވާލައި، މަސައްކަތްތަކަށް ބުރޫ ނާރާނެ ގޮތެއްގެ މަތިން މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ކަންކަން ޒިންމާދާރުވެރިޔާގެ ލަފާގެ މަތިން ކުރިޔަށް ގެންދިޔުން.

11. ކައުންސިލުން މުސާރަ ދޭންޖެހޭ އެންމެހާ ފަރާތްތަކަށް މުސާރަދިނުމާއި، މަޤާމާ ގުޅިގެން ދޭންޖެހޭ އެހެނިހެން އިނާޔަތްތައް ދިނުމާއި، މުސާރަ ޖަމާކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުމާއި، ކޮންމެ މީލާދީ މަހެއް ނިމުމުގެ 2 ދުވަސް ނުވަތަ 1 ދުވަސް ކުރިން  އެ މަހެއްގެ މުސާރަދީ ނިންމުން.

12. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އެންމެހާ ހަރުމުދަލާއި ސޮޓޮކަށް ގެންނަ ތަކެތި، މާލިއްޔަތު ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ހިންގައި ބަލެހެއްޓުން.

13. ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތަކަށް ބޭނުންވާ އާލާތްތައް ހޯދުމާއި، މިސްކިތު މުވައްޒަފުންގެ އެންމެހާ ކަންކަން، ޒިންމާދާރުވެރިޔާގެ ލަފާޔާ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން.

14. ކައުންސިލްގައި ކޮންމެ ހަފުތާއަކު 1 ފަހަރު ބާއްވާ ޔުނިޓްތަކުގެ އިސްވެރިންގެ ބައްދަލުވުމަށް ޙާޒިރުވެ، ކައުންސިލަށް ޖަވާބުދާރީ ވުމާއި، ބައްދަލުވުމަށް ޙާޒިރު ނުވެވޭ ޙާލަތްތަކުގައި ބަދަލުގައި އެހެން މުވައްޒަފަކު ހަމަޖެއްސުން.

15. ކައުންސިލް އިދާރާ ހުޅުވާ ލެއްޕުމުގެ ތާވަލް އެކުލަވާލުމާއި، އިދާރާ ހުޅުވާލެއްޕުމަށް ޚާއްސަކޮށްފައިވާ ފޮތްތައް ބަރާބަރަށް ބެލެހެއްޓުމުގެ ކަންކަން ޔުނިޓް ތެރެއިން ހިންގައި ބެލެހެއްޓުން.

16. ކައުންސިލް އިދާރާ ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކައް ޔުނިޓްގެ ތެރެއިން ހިންގައި ބެލެއްޓުން

17. ކައުންސިލްގެ ރަސްމީ މަސައްކަތްތަކާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން

އެހެނިހެން އެލަވަންސް އަދި އިނާޔަންތައް

ހަމަޖެހިފައިވާ އުޞޫލްތަކާއި އެއްގޮތަށް، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަރވިއު  އަދި ޕްރެސެންޓޭޝަން އަށް

އިންޓަވިއު އަދި ޕްރެސެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެސެންޓޭޝަން އޮންނާނީ 03 އިން 27 ފެބުރުއަރީ 2019 އާ ދެމެދު، ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.       ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 

6.       މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

7.       ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ

8.      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ

9.      . މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް  އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓް، www.csc.gov.mv އިން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ، ނިލަންދެއަތޮޅު ދެކުނުބުރީ ކައުންސިލްގެ އިދާރާގެ 6760595 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ،[email protected]  އެޑްރެހަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖުމާދަލްއޫލާ 1440

14 ޖެނުއަރީ   2019

14 ޖަނަވަރީ 2019
ހޯދާ