މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް މެނޭޖަރ (އައިޓީ)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެސިސްޓަންޓް މެނޭޖަރ (އައިޓީ)

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

-/8,000 ރުފިޔާ

އެލެވަންސް

 1. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/105 ރުފިޔާ ގެ ރޭޓުން
 2. ސަރވިސް އެލަވަންސް: ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން
 3. ފަންނީ އެލަވަންސް: ޑިގްރީ/ މާސްޓާރސް އަށް އަސާސީ މުސާރައިގެ %40

ފެންވަރު ނުވަތަ ޝަރުތު:

 • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އައިޓީއާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލު ކޮށްފައިވުމާއެކު، ޕްރޮގްރާމިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
 • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
 • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
 • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

 • ކުންފުނީގެ އައިޓީ ޕޮލިސީ އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤުވާމީ އައިޓީ ސްޓޭންޑަޑްތަކަށް އަމާޒުކޮށް ކޯޕަރޭޝަންގެ ޕޮލިސީތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް ލަފާދިނުން.
 • ޙައްޖު މެނޭޖްމަންޓް ސިސްޓަމް އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ދިރާސާކޮށް ތަންފީޒު ކުރުމާއި ސިސްޓަމަށް ގެންނަންޖެހޭ ބަދަލު ގެނައުމުގައި އިންފޮމޭޝަން އިންޖިނަރަށް ލަފާދީ އެހީތެރިވުން.
 • ކޯޕަރޭޝަންގެ މަސައްކަތްތަކަށް ބޭނުން އެހެނިހެން ސޮފްޓުވެއަރތައް ތައްޔާރުކުރުމާއި މިހާރު ބޭނުން ކުރަމުންދާ ސޮފްޓްވެއަރތައް، އިންފޮމޭޝަން އިންޖިނަރުގެ އިރުޝާދުގެ ދަށުން ބެލެހެއްޓުން.
 • ކޯޕަރޭޝަންގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބަލައި ޢާއްމު ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތު އެނގޭނެ ފަދަ ގޮތަކަށް ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
 • ޙައްޖު މެނޭޖްމަންޓް ސިސްޓަމާއި ކޯޕަރޭޝަންގެ ބޭނުންތަކަށް ތައްޔާރުކުރެވޭ ސޮފްޓްވެއަރތަކާ ބެހޭ ތަމްރީނު ކޯޕަރޭޝަންގެ މުވައްޒަފުންނަށް ދިނުން.
 • ޙައްޖު މެނޭޖްމަންޓް ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކޮށް ސިސްޓަމް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް މި ނިޒާމަށް ވަދެވޭނެގޮތް ލިޔެ ޢާއްމު އެކައުންޓް ހަދައި ބެލެހެއްޓުން.
 • ޙައްޖު މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް އެކައުންޓް ހަދައިދިނުން.
 • ޙައްޖު މެނޭޖްމަންޓް ސިސްޓަމްސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ ޕްލޭންތަކާއި ޑިސާސްޓަރ ރިކަވަރީ ޕްލޭންތައް ތަރައްޤީކޮށް ސިސްޓަމް ބެލެހެއްޓުމާއި، ވަގުތާއި މުހިއްމު މަޢުލޫމާތު ނުގެއްލި މަސައްކަތް ހިނގަމުންދާނެ ގޮތްތައް އިންފޮމޭޝަންގެ އިންޖިނިއަރގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 14:30 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

 • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
 • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
 • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 21 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ކަނޑައެޅޭ ގޮތެއްގެ މަތީން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

15 ޖަނަވަރީ 2019

15 ޖަނަވަރީ 2019
ހޯދާ