ދިވެހިރާއްޖެ
އިޢުލާނު
1 އަހަރު ދުވަހުގެ މުއްދަތަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް 2019 މާރޗް 01 ވަނަ ދުވަހުން ފެށިގެން (1) އެއް އަހަރުގެ މުއްދަތަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މަޢުލޫމާތު ސާފުކުރުން
ތާރީޚް : (22 ޖަނަވަރީ 2019 ) އަންގާރަ
ގަޑި: 14:00
އަންދާސީ ހިސާބު ހުށަހެޅުން
ތާރީޚް: 31 ޖަނަވަރީ 2019 (ބުރާސްފަތި)
ގަޑި:14:00
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަތީގައި ބަޔާންކޮށްފައިވާ ދުވަސްތަކުގައި ކޮމިޝަންގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3334333/3334327 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected]އަށެވެ.
09 ޖުމާދަލްއޫލާ 1440
15 ޖަނަވަރީ 2019