އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ސުކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

 

ANGOLHITHEEM SCHOOL                                                       އަނގޮޅިތީމް ސްކޫލް   

ރ.އަނގޮޅިތީމް                                                                R.Angolhitheem   ދިވެހިރާއްޖެ                                                                 Republic of Maldives

 

                                                               ނަމްބަރ:GS125/IUL/2019/04

އިޢުލާން

 

ސްކޫލުގެ އިސްވެރިޔާ ހުރުމަށް ގެއެއް (އެޕާޓްމެންޓެއް) ކުއްޔަހިފުމަށް ބޭނުންވެއްޖެ

 

            މިސުކޫލުގެ  އިސްވެރިޔާ (ޕްރިންސިޕަލް) ހުންނެވުމަށްޓަކައި ގެއެއް ކުއްޔަ ހިފުމަށް 04 ޑިސެންބަރ 2018 ގައި ކުރި އިޢުލާން ( އިޢުލާން ނަންބަރ GS125/IUL/2018/14 ) އާއި ގުޅިގެން ހުށައަޅުއްވައިފައިވާ އަންދާސީ ހިސާބުތައް ބާތިލްކޮށް، ސްކޫލްގެ އިސްވެރިޔާ ހުރުމަށް ގެއެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު އަރުވަމެވެ.

  • މަޢުލޫމާތު ދިނުން:     

       މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 23 ޖެނުއަރީ 2019ވާ ބުދަ  ދުވަހުގެ މެންދުރުފަހު  14:00އުން 14:20ކަށް ސުކޫލު އޮފީހަށް ހާޒިރުވެލައްވާ ބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދިނުމުގެ ފުރުސަތު އޮންނާނެއެވެ.

  • އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

        ގެ ކުއްޔަދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ  28 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގައި މި ސުކޫލް އޮފީހުގައެވެ.

        ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، "ސުކޫލްގެ އިސްވެރިޔާ ހުރުމަށް ގެއެއް ކުއްޔަށް ހިފުން" މިހެން ލިޔެފައި އޮންނަންވާނެއެވެ މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.

                                                   08 ޖުމާދުލްއައްވަލް  1440  

                                                    14 ޖެނުއަރީ 2019

 

 

 

 

 

 

 

14 ޖަނަވަރީ 2019
ހޯދާ