ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނެވުމަށް އެޕާޓްމަންޓެއް ކުއްޔަށްހިފުމާއިގުޅޭ

 މިސްކޫލަށް 01 އަހަރު ދުވަހުގެ މުއްދަތަށް 02 ކޮޓަރީގެ އެޕާޓްމަންޓެއް (ދެކޮޓަރިއާއި ސިޓިންގްރޫމް އަދި ބަދިގެ ފަރުނީޗަރާއެކު) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

 

                ވީމާ، އެޕާޓްމަންޓް ކުއްޔަށް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކުން 20 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޖަނަވަރީ 2019 ވާ  ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

               ބިޑްތައް ހުޅުވުން އޮންނާނީ މިކަމަށް އެދުނު ފަރާތްތަކުގެ ޙާޒިރުގައި 23 ޖަނަވަރީ 2019 ވާ  ބުދަ ދުވަހުގެ  ހެނދުނު 11:00 ގައި ސްކޫލް އޮފީހުގައެވެ. ބިޑްހުށަހަޅާނީ ސްކޫލުން ދޫކުރާ ބިޑް ޑޮކިއުމެންޓާއި އެއްގޮތަށެވެ.

         އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. ވެރިފަރާތް ނޫންއެހެން ފަރާތެއް މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާނަމަ ގޭގެ ވެރިފަރާތުގެ ސިޓީއަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާރޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ.

10 ޖަނަވަރީ 2019
ހޯދާ