ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގދ.ތިނަދޫގައި އޮންނަ މާވަހި ދޯނި މަރާމާތު ކުރުމާއި ގުޅޭ:

ނަންބަރ:FNK-I/IUL/2019/004

 

އިޢުލާން

 

ގދ.ތިނަދޫގައި އޮންނަ މާވަހި ދޯނި މަރާމާތު ކުރުމާއި ގުޅޭ:

މިކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ގދ.ތިނަދޫގައި އޮންނަ "މަވަހި ދޯނި" މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖަނައަރީ 2019 ވާ އަންގާރަ  ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،21 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 13:00އަަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

                 03 ޖުމާދަލް އައްވަލް 1440

                 09 ޖަނަވަރީ 2019

09 ޖަނަވަރީ 2019
ހޯދާ