ބޮޑުފޮޅުދޫ މަދަރުސާ
ދިވެހިރާއްޖެ
ބައު އިމާރާތު ޓިނު ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

 

އިޢުލާން

ބައު އިމާރާތު ޓިނު ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް

     ބައު އިމާރާތު ޓިނު ބަދަލުކުރުމަށް ކުރެވުނު އިޢުލާން ނަމްބަރ GS149/2018/32 އާއި ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް 3 ފަރާތުން ހާޞިރުވެފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ތަފުސީލް

#

ބައު އިމާރާތު ޓިނު ބަދަލުކުރުން

1

                2019 ވަނަ އަހަރަށް މިސްކޫލަށް ބޭނުންވާ  ތިރީގައިމިވާ މަރާމާތު އަމިއްލަ ތަކެތީގައި ކޮށްދޭނެ  ފަރާތެއް ބޭނުންވެއްޖެއެވެ.

       

     ވީމާ މިމަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 17 ޖެނުއަރީ 2019 ވާ ބުރާސްފަތި  ދުވަހު  13:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއި ބަދަލުގައި އަންނަމީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑް ކޮޕީއެއް އަދި އައިޑީކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

     މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް ސްކޫލަށް ދުރުވެ އަންދާސީ ހިސާބް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ނޯޓް: މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު    ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން  ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިސްކޫލުގެ ފޯނު ނަންބަރު 6660841 އަށް ގުޅުއްވުން އެދެމެވެ.

9 ޖެނުއަރީ

09 ޖަނަވަރީ 2019
ހޯދާ