މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ނޫސް ބަޔާން
                                މިސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ގޮތުގައި ހިމެނޭ "މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނޭ ގޮތެއް ހެދުން" މި ވަޢުދުގެ ދަށުން، މިމިނިސްޓްރީގެ ފިޝަރީޒް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެތެރެއިން ލޯނުދޫކޮށް، މަސްވެރިންނަށް ޙިދްމަތްދޭ އައިސްޕްލާންޓްތައް ރާޢްޖޭގެ އެކިއަތޮޅުތަކުގައި ޤާއިމުކުރުމުގެ މަސައްކަތް މިދަނީކުރަމުންނެވެ. މިގޮތުން އދ. މަހިބަދޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކޮށް މިއަދުން ފެށިގެން މަސްވެރިންނަށް އެޕްލާންޓުން އައިސް ވިއްކަމުން ދާނެއެވެ.
މިޕްލާންޓާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ ގުޅުއްވާނީ ފައިވް ލައިންސް މޯލްޑިވްސް ޕްރައިވަޓް ލިމިޓަޑް (9586606)އެވެ.
             02 ޖަނަވަރީ 2019
            
        
                    ހޯދާ  
                
                 
                    