ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ރިލީފް ޓީޗަރ (ބީޓެކް)

ރިލީފް ޓީޗަރ (ބިޒްނަސް ސްޓަޑީޒް)

ރިލީފް ޓީޗަރ (ސޯޝަލް ސްޓަޑީޒް)

ރިލީފް ޓީޗަރ (ޤުރުއާން)

މަޤާމު :

1

1

1

2

ބޭނުންވާ ޢަދަދު :

ވަގުތީ

ވަގުތީ

ވަގުތީ

ވަގުތީ

މަޤާމުގެ ގިންތި:

އެކަޑަމިކް

އެކަޑަމިކް

އެކަޑަމިކް

އެކަޑަމިކް

ސެކްޝަން:

ވޭމަންޑޫ ސްކޫލް

ވޭމަންޑޫ ސްކޫލް

ވޭމަންޑޫ ސްކޫލް

ވޭމަންޑޫ ސްކޫލް

އޮފީސް:

ތ. ވޭމަންޑޫ

ތ. ވޭމަންޑޫ

ތ. ވޭމަންޑޫ

ތ. ވޭމަންޑޫ

ވަޒީފާ އަދާކުރަންޖެހޭ ރަށް:

 

މަޤާމުގެ ޝަރުތުތައް:

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން

މަހަކު -/4،500 ރުފިޔާ

މަހަކު -/1500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން

މަހަކު -/5،500 ރުފިޔާ

މަހަކު -/1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން ކަމަށްވާނަމަ

މަހަކު -/6،090 ރުފިޔާ

މަހަކު -/2500 ރުފިޔާ

ނޯޓް:

  1. ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  2. ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  3. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

 

1-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޙިދުމަތް

2-   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3-   ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމެޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

(މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް)

އިތުރު އިނާޔަތް:

1-      ކިޔަވައި ދިނުމުގެ ދާއިރާ

ދާއިރާ:

1-      މާސްޓަރ ޓައިމްޓޭބަލްގައި ކަނޑައެޅިފައިވާ ގަޑިތަކަށް ކުލާހަށް ހާޒިރުވެ ކިޔަވައިދިނުން.

2-      ކިޔަވައިދިނުމާއިގުޅޭ ސްކީމް އޮފް ވާރކާއި، ލެސަންޕްލޭނާއި، ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލާއި، ޓެސްޓު ޕޭޕަރުތައް ތައްޔާރުކޮށް، އިމްތިޙާންތައް ހިންގައި ޕޭޕަރުތައް މާރކުކޮށް، މާރކްސް ޝީޓްތަކާއި ރިޕޯޓް ފޮތްތައް ތައްޔާރުކުރުން.

3-      ހަވާލުކުރެވޭ ކޯކަރިކިއުލަރ ހަރަކާތްތައް ދުވަހުން ދުވަހަށް ރާވައި ހިންގުން.

4-      ދަރިވަރުންގެ ކުރިއެރުމަށްޓަކައި އިތުރު ގަޑިތައް ނަގައިދިނުމާއި، ގަޑިތައް ރަނގަޅަށް ގެންދިއުމަށްޓަކައި ޓީޗަރެއްގެ ހައިސިއްޔަތުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ކުރުން.

5-      ދަރިވަރުންގެ ކުރިއެރުމަށް ފުންކޮށް، ފުޅާކޮށް ވިސްނުންބަހައްޓައި، ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.

6-      ކިޔަވައިދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސްކޫލުން އަންގާ ގޮތެއްގެމަތީން ގެނައުމާއި، ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.

7-      ކްލަބް ނުވަތަ ހައުސްއެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ އެ ޒިންމާއެއް އަދާކުރުން.

8-      ސްކޫލްގެ މެނޭޖްމަންޓުގެ ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޓީމް މެންބަރެއްގެގޮތުގައި ހަރަކާތްތެރިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 01 މެއި 2018 ގައި ޝާއިއުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކަށެވެ. މިގޮތުން މިވަޒީފާތަކަށް އެންމެ ޤާބިލުފަރާތެއް ކަނޑައަޅާނީ A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލުފަރާތް ކަމުގައި ކަނޑައަޅައިގެންނެވެ.

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތު ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް
  4. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ސްކޫލްގެ އިދާރާއިން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު )ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް އެދޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްތަކުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުއްފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން ވޭމަންޑޫ ސުކޫލުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު، ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 11 ޖަނަވަރީ 2019 އާއި 13 ޖަނަވަރީ 2019 އާ ދެމެދު، ވޭމަންޑޫ ސުކޫލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މާރްކްސްގެ ޖުމްލަ އިންސަންތަ، %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ

ހުރިހާ ބަޔަކުން އެންމެ ދަންވެގެން

ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780564 ނަމްބަރ ފޯނާއެވެ. އީމެއިލް ކުރާނީ [email protected] މެއިލްއަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

02 ޖަނަވަރީ 2019
ހޯދާ