މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މި އިޢުލާންވަނީ 30 ޑިސެންބަރު 2018 21:07 ގައި ބާތިލް ކުރެވިފައެވެ.


                    އިޢުލާން

 

 

މަޤާމް:              އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:       J-229352

ބޭނުންވާ އަދަދު:        01 (އެކެއް)

މަޤާމުގެ ގިންތި:         ދާއިމީ

މަޤާމުގެ ރޭންކް:         ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:    އެޑްމިނިސްޓްރޭޓިވް އޮފިސަރ (އޮފިސަރ ގްރޭޑް 1)

ވަޒީފާ އަދާކުރަން ޖެހޭ ތަން:  މާއުނގޫދޫ ކައުންސިލް އިދާރާ

މުސާރަ:              4465.00 ރުފިޔާ

ސަރވިސް އެލެވަންސް:      1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:      ސަރޕޯޓިންގ ކޯ އެލަވަންސް 2 (700.00 ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް: 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލަށް ލިބޭފައިސާ ބަލައިގަތުމާއި މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް އެކައުންޓް ތަކަށް ޖަމާކުރުން
  2.  ޚަރަދަށްބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ހޯދުމާއި ޚަރަދުތައް ހަމަޖެއްސުން
  3. މުވައްޒަފުންގެ މުސާރައާއި ބެހޭ އެންމެހާ މަސައްކަތްތައް ކުރުން
  4. ކައުންސިލަށް ހުށަހެޅޭ ބިލްތަކަށް ކަޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ފައިސާ ދެއްކުން
  5. ކައުންސިލްގެ ތިޖޫރީ ބާކީކޮށް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން
  6. ކައުންސިލްގެ އެކައުންޓުތައް ރީކޮން ސައިލްކޮށް ބެލެހެއްޓުން
  7. އައިޓަމްބާކީ ބެލެހެއްޓުން
  8. ޗެކްރަޖިސްޓަރީއާއި ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން
  9. ކައުންސިލްގެ ބަޖެޓް ރިޕޯރޓްތައް ތައްޔާރުކުރުން
  10. ބަޖެޓްރިޕޯރޓްތައް ޤަވާޢިދުން ފޮނުވަންޖެހޭ މުޢައްސަސާ ތަކަށް ފޮނުވުން

މަޤާމުގެ ޝަރުޠުތައް: 

ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން ދެމާއްދާއިން ދައްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ''ސެކަންޑަރީ ސްކޫލް'' ނުވަތަ 'ހަޔަރ ސެކްންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާންގައި ''ދިވެހި'' މިމާއްދާއިން ދައްވެގެން ސީ ގްރޭޑް ލިބިފައިވުން 

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: ލިބިފައިވާ ތަޢުލީމާއި، ތަޖްރިބާއާއި އިންޓަވިއު. (މާރކްސް ދިނުމަށް ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ކައުންސިލް އިދާރާގެ ފޯން 6540056 އަށް ރަސްމީގަޑީގައި ގުޅުއްވުމުން ސާފްކޮށްދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖެނުއަރީ 2018 ގެ 13:00 ގެ ކުރިން، ށ. މާއުނގޫދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected])  އަދި ފެކްސް (6540056) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 28 ޖެނުއަރީ 2019 އިން 31 ޖެނުއަރީ 2019 އާ ދެމެދު   ށ. މާއުނގޫދޫ ކައުންސިލް އިދާރާ ގައެވެ. 

ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ

                   

                              23 ރަބީއުލްއާޚިރު 1440

29 ޑިސެންބަރު 2018
ހޯދާ