އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

                      2019 ވަނަ އަހަރަށް މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)GS-68-FN/GS-68/2018/28 ( 18 ޑިސެމްބަރ 2018 ) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޟިރުނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

                     ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖަނަވަރީ 03 ވާ ބުރާސްފަތި ދުވަހު މެންދުރުކުރި 11:30 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖަނަވަރީ 08 ވާ އަންގާރަ ދުވަހު މެންދުރުކުރި 11:30 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                    ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

                       އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

                    ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

30 ޑިސެންބަރު 2018
ހޯދާ