މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
2019 ވަނަ އަހަރު މަޑުއްވަރީ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

2019 ވަނަ އަހަރު މަޑުއްވަރީ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

14 ނޮވެމްބަރ 2018 ގައި މިސްކޫލުގެ އިޢުލާން ނަންބަރ GS128/2018/17 އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅި ފަރާތުން ބިޑް ޑޮކިއުމަންޓްސް ފުރިހަމަކޮށް ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާތިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަންނޯޓް ކުރައްވާނީ:

2018 ޑިސެމްބަރ 27 ން 2019 ޖަނަވަރީ 02 ށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 ން 13:00 ށެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ:

2018 ޑިސެމްބަރ 31 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މަޑުއްވަރީ ސްކޫލަށް ލިޔުމުން ހުށަހެޅުމަށް ދަންނަވަމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ:

2019 ޖަނަވަރީ 06 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މަޑުއްވަރީ ސްކޫލުގައެވެ.

ބިޑް ހުޅުވުން އޮންނާނީ:

2019 ޖަނަވަރީ 10 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މަޑުއްވަރީ ސްކޫލުގައެވެ.

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. (ގެޒެޓް ކުރެވިފައި)
  • ނަންނޯޓް ކުރުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަމްބަރު: 6580146 އާއި ގުޅުއްވުން އެދެމެވެ.                           
26 ޑިސެންބަރު 2018
ހޯދާ