ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތ.އޮމަދޫ އިންޖީނުގޭގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

ނަންބަރު: FNK-I/IUL/2018/126  

 

އިޢުލާން

 

ތ.އޮމަދޫ އިންޖީނުގޭގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

           މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ތ.އޮމަދޫ އިންޖީނުގޭގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޖަނައަރީ 2019 ވާ ބުރާސްފަތި  ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ތ.އޮމަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ތ.އޮމަދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

 

             19 ރަބީއުލް ޢާހިރު 1440

             26 ޑިސެމްބަރ 2018

26 ޑިސެންބަރު 2018
ހޯދާ