އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2019

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2019

            12 ޖަނަވަރީ 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބު ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންނަށް އެކެންޑިޑޭޓުންގެ މަންދޫބުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފީމެވެ.

            މިއިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށް އެދޭ ކެންޑިޑޭޓުންގެ މަންދޫބުންގެ އަންނަނިވި ޝަރުތުތައް ހުންނަންވާނެއެވެ.

1. އުމުރުން 18 (އަށާރަ ) އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން

2. ޖިނާއީ ކުށެއްގެ ހުކުން ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން

3. އިންތިޚާބާއި ބެހޭ މަސައްކަތް ކުރުމަށް ހަވާލުވެފައިވާ މީހެއް ކަމުގައި ނުވުން

4. ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރުން ކަމުގައި ނުވުން

5. ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައިވާ މީހެއް ކަމުގައި ނުވުން

            ވޯޓު ނެގުން އޮންނަ ދުވަހު ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށްޓަކައި ކޮންމެ ކެންޑިޑޭޓަކަށް، އެކެންޑިޑޭޓަކު ކުރިމަތިލާ ދާއިރާގައި ބަހައްޓާ ކޮންމެ ވޯޓު ފޮށްޓަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަނުކުރެވިދާނެއެވެ.

މިއިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށް ޝައުޤުވެރިވާ ކެންޑިޑޭޓުންގެ މަންދޫބުން، އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި އިޤުރާރު ފުރިހަމަކުރުމަށްފަހު، އެތަކެތި، މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ގޮތް ބެލުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމާއި އިޤުރާރު، މިއިދާރާއިން ލިބެން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 ޑިސެމްބަރ 31 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:30 އަށް، މި އިދާރާއިންނެވެ. މި އިދާރާއިންނެވެ.

އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

1440 ރަބީޢުލްއާޚިރު 17          

24 ޑިސެމްބަރ 2018

25 ޑިސެންބަރު 2018
ހޯދާ