ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2019 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އިޢުލާން

 

 

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން 2019 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:       1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 16 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:              8 ހަފްތާ

 

ޤިރާއަތު ސެޓްފިކެޓް 2

ޝަރުޠު:       1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 1 ހަދާ ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:            1   ސެމިސްޓަރ

 

ޤިރާއަތު ސެޓްފިކެޓް 3

ޝަރުޠު:       1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 2 ހަދާ ފާސްވެފައިވުން.

           2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:       1   އަހަރު ( 2 ސެމިސްޓަރ )

 ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް

ޝަރުޠު:       1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 3 ހަދާ ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:       2 ސެމިސްޓަރ

 

        ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2018 ޑިސެމްބަރ 25 ވީ އަންގާރަ ދުވަހު( މިއަދު) ފެށިގެން މި މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. އަދި މި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2019 ޖަނަވަރީ 7 ވާ ހޯމަ ދުވަހުގެ 13.30ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއެކު މި މަރުކަޒަށް ހުށަހެޅުން އެދެމެވެ. 

25 ޑިސެންބަރު 2018
ހޯދާ