ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ހަދަން ގެނެސް ނުގެންގޮސް ހުރި ތަކެތި

ތިރީގައި މިވާ ލިސްޓަކީ އެސްޓީއޯ ސަރވިސް ސެންޓަރަށް 2017 ޖޫން އިން 2018 ސެޕްޓެމްބަރގެ ނިޔަލަށް ކަސްޓަމަރުން މަރާމާތު ކުރަން  ގެނެސް، އަނބުރާ ނުގެންގޮސް މި ތަނުގައި ބެހެއްޓިފައިވާ ތަކެތީގެ ލިސްޓެވެ.

ވީމާ، މި ލިސްޓުގައިވާ ތަކެތި އޭގެ ވެރިފަރާތުން 2018 ޑިސެމްބަރ 27 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެސް.ޓީ.އޯ ސަރވިސް ސެންޓަރަށް ދުރުވެ ތަކެއްޗާ ޙަވާލުވެލެއްވުން އެދެމެވެ. މި ތާރީހުގެ ފަހުން ނުގެންދަވާ ހުންނަ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ މަތިން  ނައްތައިލެވޭނެ ވާހަކަ ދެންނެވީމެވެ.

މި ތަކެއްޗާއި ޙަވާލުވެލެއްވުމަށް ދުރުވާއިރު އެސްޓީއޯ ސަރވިސް ސެންޓަރއިން ދޫކޮށްފައިވާ ސަރވިސް މެމޯ / ސްލިޕްކޮޅު ގެންނެވުން އެދެމެވެ. އަދި، އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3012494 ނުވަތަ 3012495 އާ ގުޅުއްވުން އެދެމެވެ.

24 ޑިސެންބަރު 2018
ހޯދާ