ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ ގރ.1 މަޤާމަށް މީހަކު ހޯދުމާއި ބެހޭ

މަޤާމް : ޑްރައިވަރ ގރ.1

ބޭނުންވާ އަދަދު : 01 (އެކެއް)

މުސާރަ : -/4380 ރުފިޔާ

އެހެނިހެން އިނާޔައްތައް : 

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ. އަދި ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށް އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ. 

ޝަރުޠު : 

ފޯކްލިފްޓާއި ކްރޭން ފަދަ އުޅަނދުތައް ދުއްވުމުގެ ލައިސަންސް އޮތުމާއިއެކު މިފަދަ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއިއެކު މިތަނުން ދޭ ވެހިކަލް އޮޕަރޭޓްކުރުމުގެ ޓެސްޓަކުން ފާސްވުން. 

ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން.

ސުންގަޑި : 07 ޖެނުއަރީ 2019 ވަނަ ދުވަހުގެ 13:00ގެ ކުރިން 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި : 

މަޤާމަށް އެދިހުށަހަޅާ ސިޓީ

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއިއެކު) 

ހުށަހަޅަންޖެހޭ އޮފީސް : ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް / ހދ ކުޅުދުއްފުށި

 

         

 

 

 

 

 

 

24 ޑިސެންބަރު 2018
ހޯދާ