މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ ޤައުމީ ޗެސް މުބާރާތާ ގުޅޭ

އިޢުލާން

 

   2018 ވަނަ އަހަރުގެ ޤައުމީ ޗެސް މުބާރާތާ ގުޅޭ  

 

     މިމިނިސްޓްރީގެ ނަންބަރު:(IUL)141-COS/141/2018/282 އިޢުލާނުގައި ބަޔާންކޮށްފައިވާ މޯލްޑިވްސް ޗެސް އެސޭސިއޭޝަނުގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތާއި ގުޅިގެން ދަންނަވެ.

     އެއިޢުލާނުގައި 23 ޑިސެމްބަރު 2018 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާ، "2018 ވަނަ އަހަރުގެ ޤައުމީ ޗެސް މުބާރާތް"، ހިންގުމަށް ދިމާވެފައިވާ އިދާރީ ސަބަބުތަކަށްޓަކައި، މުބާރާތް އެތާރީޚްގައި ނުފަށާ ގޮތަށް  މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.

އަދި މިމުބާރާތް ދެން ބާއްވާނެ ތާރީޙް ފަހުން އިއުލާނު ކުރާނެ ވާހަކަ ދެންނެވީމެވެ. މިމުބާރާތް ފަސްކުރަންޖެހުމުން މުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާއަތަށް މައާފަށް އެދޭ ވާހަކަ ދެންނެވީމެވެ. 

                                                               

                                                             16 ރަބީޢުލްއާޙިރު 1440

23 ޑިސެންބަރު 2018
ހޯދާ