މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މެއިލް ކްލިއަރެންސް އޮފިސަރ

 

މަޤާމް :

މެއިލް ކްލިއަރެންސް އޮފިސަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/4412 ރުފިޔާ ( ހަތަރުހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/2941 ރުފިޔާ ( ދެހާސް ނުވަސަތޭކަ ސާޅީސް އެއް ރުފިޔާ)
  3. ފުޑް އެލަވަންސް: އެއަރޕޯޓުގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުން ކޮށްތު އެލަވަންސް ލިބޭނެއެވެ.
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

މޭލް އޮޕަރޭޝަންސް ޑިވިޜަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • އަސާސީ ފެންވަރު ހުރުމާއި، ކުރެވޭ އިންޓަރވިއުއިން ފާސްވުން ނުވަތަ،
  • ދިވެހިބަހާއި އިގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގޭ މީހެއްކަމުގައިވުން
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން  އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ސިއްހަތެއްގެ ހުރި މީހެއްކަމުގައިވުން
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން
  •  އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.

ރަސްމީ މަސައްކަތު ގަޑި

  • ޑިއުޓީ އުޞޫލުން 8 ގަޑިއިރު މަސައްކަތް ކުރަންޖެހޭނެއެވެ.

މަޤާމްގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

  • އޮފީސްތެރޭގައި ކުރަންޖެހޭ މޭލްގެ މަސައްކަތް ކުރުން
  • އެއަރޕޯރޓުން މޭލް ގެނައުމާއި އެއަރޕޯރޓަށް މޭލް ގެންދިއުން
  • ކަނޑުދަތުރުކުރާ އުޅަނދުތަކަށް މޭލް ގެންދިއުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2018 ޑިސެމްބަރު  26 ވާ ބުދަ ދުވަހުގެ 14:00 ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި  "ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
20 ޑިސެންބަރު 2018
ހޯދާ