މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ހަފްތާރެސް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ލައިޓިންގ އަޅައިދޭނެ ފަރާތެއް ހޯދުމަށް
                                އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީގެ ފަރާތުން ހަފްތާރެސް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ލައިޓިންގ އަޅައިދޭނެ ފަރާތެއް ހޯދުމަށް 16 ޑިސެމްބަރ 2018 ގައި ކުރެވުނު ނަންބަރު (IUL141-L/141/2018/296)
އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ، މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު މި އިޢުލާނާއިއެކު ވާނީ ގެޒެޓްކުރެވިފައެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
| 
 | ތަން | ދުވަސް | ތާރީޚު | ގަޑި | 
| އަންދާސީހިސާބު ހުށަހެޅުން | މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ އަށް) | ހޯމަ | 24 ޑިސެންބަރު 2018 | 
 10:00 
 | 
13 ރަބީޢުލްއާޚިރު 1440
             20 ޑިސެންބަރު 2018
            
        
                    ހޯދާ  
                
                 
                    