ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑީން (ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް)

އިޢުލާން

ވަޒީފާގެ ފުރުޞަތު

 މަޤާމް:                  ޑީން (ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް)

 މަޤާމުގެ ކްލެސިފިކޭޝަން:      އެކެޑެމިކް

ބޭނުންވާ ޢަދަދު:             1

މަޤާމުގެ މުއްދަތު:            ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

 

މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް   

  • ޕީ.އެޗް.ޑީ ނަމަ، މުސާރަ: 15,246.00ރ، ސާރވިސް އެލަވަންސް: 6،534.00ރ
  • މާސްޓަރ ނަމަ، މުސާރަ: 12,687.50ރ، ސާރވިސް އެލަވަންސް: 5,437.50ރ
  • ޓެނުއަރޝިޕް އެލަވަންސް: މި އެލަވަންސް ދެވެނީ ކިޔަވާ ދަރިވަރުންނަށް ނިސްބަތް ކޮށެވެ. ޓެނުއަރޝިޕް އެލަވަންސާ ގުޅޭ މަޢުލޫމާތު ޔުނިވަރސިޓީގެ "ޑީނުންނާއި ސެންޓަރު ތަކުގެ ވެރިން ޢައްޔަނުކުރާ އުޞޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ. މި މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން https://www.ium.edu.mv/gazette/deans-policy/ ލިބިވަޑައިގަންނަވާނެއެވެ.
  • ފޯން އެލަވަންސް: މަހަކު /-500 ރުފިޔާ

 

ތަޢުލީމީ ޝަރުޠުތައް:

ފެކަލްޓީއެއްގެ ޑީން ކަމަށް ހަމަޖެއްސޭނީ ދައްވެގެން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައިވާ މީހެކެވެ.

  • މާސްޓާރސް ކެންޑިޑޭޓަކުނަމަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި 9 ވެސް ހާސިލްކޮށްފައިވާންވާނީ އިކޮނޮމިކްސް ނުވަތަ ބިޒްނަސް މެނޭޖަމަންޓްގެ ދާއިރާއިންނެވެ.
  • ޕީއެޗްޑީ ކެންޑިޑޭޓަކުނަމަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7، 9 އަދި 10 ވެސް ހާސިލްކޮށްފައިވާންވާނީ އިކޮނޮމިކްސް ނުވަތަ ބިޒްނަސް މެނޭޖަމަންޓްގެ ދާއިރާއިންނެވެ.

 

ތަޖުރިބާ:

މަތީ ހަރުފަތްތަކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މެނޭޖްމަންޓް ތަޖުރިބާ ހުރުން. ޚާއްޞަކޮށް، މަތީ ތަޢުލީމުގެ ދާއިރާއިން މި ތަޖުރިބާ ހުރުމަކީ އެދެވިގެންވާ ކަމެކެވެ. މަތީ ހަރުފަތްތަކުގެ މެނެޖްމަންޓް ތަޖުރިބާކަމުގައި ބަލާނީ، ދަށްވެގެން އެސިސްޓެންޓް ޑިރެކްޓަރ ފެންވަރުގެ މަޤާމުތަކުގެ ތަޖުރިބާއެވެ. މަތީ ތަޢުލީމުގެ ދާއިރާގައި ފުލްޓައިމްކޮށް ކިޔަވައިދިނުން ތަޖުރިބާގެ މުއްދަތުގެ ތެރޭގައި ގުނޭނެއެވެ. އަދަދުކުރުމުގައި ތަޖުރިބާ ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.

 

މަޤާމުގެ ބައެއް ޝަރުޠުތައް:

  • މަޤާމުގައި ހުންނަ މީހަކު، އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީން ބޭރުގައި އަދާކުރެވޭނީ ޔުނިވަރސިޓީ ކައުންސިލުގެ ހުއްދަ ލިބިގެންނެވެ.
  • ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަށް ކުރިމަތިލުމުން މި ވަޒީފާއިން ވަކިވާނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތު:

މަޤާމުގެ މަސްއޫލިއްޔަތާއި މަޤާމާއި ގުޅޭ ބައެއް މަޢުލޫމާތު ޔުނިވަރސިޓީގެ "ޑީނުންނާއި ސެންޓަރު ތަކުގެ ވެރިން ޢައްޔަނުކުރާ އުޞޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ. މި މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން https://www.ium.edu.mv/gazette/deans-policy/ ލިބިވަޑައިގަންނަވާނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

 

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ 30 ޑިސެންބަރު 2018 ވާ އާދީއްތަ ދުވަހުގެ 12:00 އަށެވެ. ވަޒީފާއަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށްފަހުގައެވެ.
18 ޑިސެންބަރު 2018
ހޯދާ