ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރުން ބޭނުންވެއްޖެ

 

 

އިޢުލާން

ތާރީޙް: 18 ޑިސެމްބަރ 2018                                      ނަންބަރ: GS145/HR/IUL/2018/051   

ރިލީފް ޓީޗަރުން ބޭނުންވެއްޖެ

 

މަޤާމް

ބޭނުންވާ އަދަދު

ޕްރައިމަރީ މުދައްރިސް

07

ޕްރީސްކޫލް މުދައްރިސް

04

އިސްލާމް މުދައްރިސް

01

ދިވެހި މުދައްރިސް

03

ސެން  މުދައްރިސް

01

ހެލްތް އެންޑް ޕީ.އީ މުދައްރިސް

01

ޤުރްއާން މުދައްރިސް

02

އިންގްލިޝް މުދައްރިސް

01

އިކޮނޮމިކްސް މުދައްރިސް

01

ސައިންސް މުދައްރިސް

01

ބީޓެކް މުދައްރިސް

01

ސޯޝަލް ސްޓަޑީސް މުދައްރިސް

01

ކްރިއޭޓިވް އާރޓްސް މުދައްރިސް

01

 

 

މަސައްކަތް ހަމަޖެހިފައިވާ ތަން:         

ގުރައިދޫ ސްކޫލް / ކ.ގުރައިދޫ

 

ޝަރުތު :

ޝަރުތު

މުސާރަ (މަހަކު )

ސާރވިސް އެލަވަންސް ( މަހަކު )

ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން

-/4500

-/1500

މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން

-/5500

-/1500

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން

-/6090

-/2500

 

 

 

މަޤާމްގެ މަސްއޫލިއްޔަތު

    މިމަޤާމްގައި  ކުރައްވަން ޖެހިވަޑައިގަންނަވާނީ ސްކޫލުން ކަނޑައަޅާ ގްރޭޑް ތަކަށް  ކިޔަވައި ދިނުމުގެ މަސައްކަތެވެ. 

  އިތުރު އިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ ޗެޕްޓަރ 5ގައިވާ ގޮތުގެމަތީން

  1. އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ފައިސާ ދެވޭނެއެވެ.
  2. ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ހަމަޖެހިފައިވަ އުސޫލުން ދެވޭނެއެވެ.
  3. ކޮންޓްރެކްޓްގެ މުއްދަތުގެ ގިނަވެގެން ދެވޭނީ 5 ދުވަހުގެ ޢާއިލީ ޒިންމާގެ ޗުއްޓީއެވެ.
  4. ކޮންޓްރެކްޓްގެ މުއްދަތުގައި ގިނަވެގެން ދެވޭނީ 9 ދުވަހުގެ ސަލާމް ޗުއްޓީއެވެ.
  5. ސިވިލްސާރވިސް މުވައްޒިފުންނެކޭ އެއް އުސޫލުން ގަޑީލާރި ކެނޑޭނެއެވެ.

 

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް.

  • ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން .
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

ވަޒީފާއަށް އެދި ހުށައަޅާ ފޯމާއި އެކު ހުށައަޅަން ޖެހޭ ތަކެތި

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

  ވީމާ، މިމަޤާމަށް އެދިލައްވާ ފަރާތްތަކުން  26 ޑިސެމްބަރު  2018 ވާ ބުދަ ދުވަހުގެ 13:30 ކުރިން ސްކޫލަށް ތަކެތި ހުށައެޅުން އެދެމެވެ.

         މިމަޤާމަށް މީހުން އައްޔަނު ކުރުމަށް ބޭއްވޭ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ދުވަސް ތެރޭގައި ގުރައިދޫ ސްކޫލް ގައެވެ. އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި މިވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުންނަށް އަންގާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމަތެއް ސާފުކުރަން ބޭނުންފުޅުނަމަ މިސްކޫލްގެ ނަންބަރ 6640574 އާ ގުޅުއްވުން އެދެމެވެ. އަދި

އީމެއިލް: [email protected]

މިހެންވެ މިކަން އަންގައި އިޢުލާން ކުރީމެވެ.

 

 

 11 ރަބީޢުލްއާޚިރު 1440   

18 ޑިސެމްބަރ  2018

18 ޑިސެންބަރު 2018
ހޯދާ