މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ބައްތިތައް މަރާމާތުކުރާނެ ތަކެތި ހޯދުމާއި ގުޅޭ

ނަމްބަރު: 337/337/2018/39(IUL)

އިޢުލާން

މަގުމަތީ ބައްތިތައް މަރާމާތުކުރާނެ ތަކެތި ހޯދުމާއި ގުޅޭ (.)

 

ރަށުގެ މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަށް އަލި ކުރުމަށް ރަށުގެ އެކިސަރަޙައްދު ތަކުގައި މި ކައުންސިލުގެ ބެލުމުގެ ދަށުން ދިއްލާ ބަލަހައްޓާ މަގު ބައްތިތަށް ބެލެހެއްޓުމުގައި ދިމާވާ މައްސަލަތަށް ދިގު މުއްދަތެއްގެ ހައްލެއްހޯދުމާއި އެކު މަރާމާތުކޮށް ބެލެހެއްޓުން އަވަސްކުރުމައްޓަކާ މިދަންނަވާ ބަދަލްތަށް ގެނެވުމަށް ތިރީގައި މިދަންނަވާ ތަކެތި ހޯދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ރަށުގެ އެކި ސަރަހައްދުތަކުގައިހުރި ބައްތިތައް ގުޅިފައި ހުރި 15 ކަނެކްޝަން ޑިސްޓިބިއުސަން ފޮށިބަހައްޓާ ބަދަލްކުރުމަށް ބޭނުންވާ ތަކެއްޗާއި ކޭބަލްގުރައުންޑްވުމާއި އެކި ސަބަބާއިހުރެ ނުދިއްލި ހުރި ބައްތަށް ދިއްލުމަށް ބޭނުންވާ މިދަންނަވާ އެންމެހާ ތަކެތި ހޯދުން

 • 15- އާރތުލީކު ބްރޭކަރ  ELCB 40A 30A 2 Pole
 • 15- CBM 32A Single Pole  
 • 15- ޑިސްޓިބިއުސަން ފޮށި (މީޓަރ ފޮށި) 10”x13” އެތެރެ ފެންނަ
 • 15- MCB 32A 2Pole
 • 15- އިންކްލޯޒަރ Single Pole
 • 15- އިންކްލޯޒަރ 4 Pole
 • 15- ޓައިމަރ ސާކެޓް 10A  އެންޕިއަރުން މަތި
 • 120- މުކޮޅު 1''ގެ
 • 60- ރޫފިން ޞޮލްޑް (ކޮއްޗޭއިސްކުރު)
 • 30- މީޓަރ ކޭބަލް 6SQMMގެ ( 44ގެ 2 ކޯރ)
 • 8- ފޫޓް ބަސްބާރުފަތި (ސިންގަލްފޭސް)
 • 15- ފޫޓް އެސްލޯންހޮޅި ހައިޕްރެސްރަ 2''ގެ
 • 30- އެސްލޯން ކްލިޕް 2''ގެ
 • 60 އިސްކުރު (ސެލްޕް ތްރެޑް) ބައި އިންޗީގެ
 • 50- މަގުބައްތި (ސްޓްރީޓްލައިޓް) ލެޑްލައިޓް 50 ވޯޓްގެ (ހުދު އަލި)
 • 100- މީޓަރ ކޭބަލް( 6MM ސްކެއަރ) ގެ (ރައުންޑްކޭބަލް 2 ކޯރ ރަތް،ކަޅު) މަގުމަތީ ވަޅުލާ
 • 15 ކޮންޓެކްޓަރ ( 15A)

ޑިސްޓިރިބިއުޝަން ފޮށި ބެހެއްޓުމަށް ބޭނުންވާ ކަރަންޓް ތަކެތި ވާންޖެހޭނީ ABB ނުވަތަ ORANGE ބްރޭންޑް ނުވަތަ އެފެންވަރަށްވުރެ ފެންވަރު ރަގަޅު ބްރޭންޑަކަށެވެ. އަދި އަގު ހުށައަޅާ ބައްތިތަކަކީ މަދުވެގެން ތިންމަސްދުވަސް ވަންދެން މައްސަލަނުޖެހި ދިއްލޭ ބައްތިއަކަށެވެ. އެހެންކަމުން އަގު ހުށައަޅާ ކަރަންޓް ތަކެތީގެ މަޢުލޫމާތު އެނގޭ ލިއުމެއް އަގާއެކެ ހުށައަޅަންވާނެއެވެ. އެހެނިހެން ތަކެތީގެ ތަފްޞީލް ބްރޭންޑް އަގު ހުށައަޅާ ކަރުދާހުގައި ލިއުމުން ފުދޭނެއެވެ.

މި ތަކެތި ހޯދާދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޑިސެންބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ ( އަންދާސީ ހިސާބު) ހުށައެޅުއްވުން އެދެމެވެ.

މި ތަކެތި ހޯދުމަށް ފަރާތެއް ކަޑައެޅިގެންދާނީ ހުށާކުޑައަގާއި ފެންވަރާއި ބައްތިތަކުގެ ވޮރެންޓީ ދިގުމުއްދަތު ހުށައަޅާ ފަރާތަށެވެ.

13 ޑިސެމްބަރ 2018

 

13 ޑިސެންބަރު 2018
ހޯދާ