މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.  

 

މަޤާމް:

ޗީފް އެނަލިސްޓް 

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ބިޒްނަސް، ސްޓެޓިސްޓިކްސް، ފޮރެންސިކް ނުވަތް އެކައުންޓިން އެންޑް ފައިނޭންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ގާނޫނީ ދާއިރާ ފަދަ ދާއިރާއަކުން މާސްޓަރސް ޑިގްރީއާއެކު 03 އަހަރު ދުވަހުގެ ތަޖްރިބާ (ފައިނޭންސް ނުވަތަ ބިޒްނަސް އިންޓެލިޖެންސް ނުވަތަ ފައިނޭންޝަލް އެނަލިލިސްގެ ދާއިރާގެ) ހުރުން ނުވަތަ މިފަދަ ދާއިރާއަކުން ފުރަތަމަ ޑިގްރީއާއެކު 06 އަހަރު ދުވަހުގެ ތަޖްރިބާ (ފައިނޭންސް ނުވަތަ ބިޒްނަސް އިންޓެލިޖެންސް ނުވަތަ ފައިނޭންޝަލް އެނަލިލިސްގެ ދާއިރާގެ) ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ ރިޕޯޓާއި މަޢުލޫމާތުތައް އިވެލުއޭޓްކުރުމާއި އެނަލައިޒްކުރުމާއި ރިޕޯޓްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

21,000.00 – 25,000.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޝަން:

ހިއުމަންރިސޯސް ޑިވެލޮޕްމަންޓް ސެކްޝަން / ހިއުމަން ރިސޯސް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަންސް ނުވަތަ މެނޭޖްމަންޓް ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން އަދި އޯލެވެލް އިމްތިހާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ހިއުމަންރިސޯސް ޑިވެލޮޕްމެންޓް ޕްލޭން ހެދުމާއި މުވައްޒަފުން ތަމްރީން ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން:

ބެލެންސް އޮފް ޕޭމަންޓްސް ސެކްޟަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

 

 

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އިކޮނޮމިކްސް، ފައިނޭންސް، ސްޓެޓިސްޓިކްސް ނުވަތަ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި މައިކްރޯސްފްޓް އެކްސެލް ރަގަޅަށް ބޭނުންކުރަން އެނގޭ ފަރާތްތަކަށާއި މާލީ ދާއިރާގެ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބެލެންސް އޮފް ޕޭމަންޓްސް ސްޓެޓިސްޓިކްސް އެކުލަވާލުމަށް އެހީތެރިވުން.
  • ބެލެންސް އޮފް ޕޭމަންޓްސް ސްޓެޓިސްޓިކްސްގެ ކަވަރޭޖް ރަގަޅުކުރުމުގެ ގޮތުން ސާރވޭތައް ރާވާ ހިންގުމާއި ރިޕޯޓް ލިޔުން. 
  • ބައިނަލްއަގުވާމީ މަލީ އިދާރާތަކަށް ފޮނުވުމަށް ބޭނުންވާ އެކްސްޓަރނަލް ސެކްޓަރ އާއި ގުޅުންހުރި ތަފާސްހިސާބުތައް ތައްޔާރު ކުރުން.
  • ބެލެންސް އޮފް ޕޭމަންޓްސް އެކުލަވާލުމަށް ބޭނުންވާ ތަފާސްހިސާބުގެ ޑޭޓާބޭސް އިތުރަށް ތަރައްގީ ކުރުމާއި ގުޅުންހުރި މަސައްކަތް ކުރުމުގައި އެހީތެރިވުން.
  • އެކްސްޓަރނަލް ސެކްޓަރ އާއި ގުޅުންހުރި ކަންކަން ހިނގަމުންދާގޮތް ދިރާސާކޮށް ބެލުން.  

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޝަން:

ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޑެވެލޮޕްމެންޓް ޕްރޮޖެކްޓްސް ސެކްޝަން / ގަވަރނަރސް އޮފީސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ސްޓްރެޓެޖިކް މެނޭޖްމަންޓް ނުވަތަ މެނޭޖްމަންޓާ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން
  • ހިންގުމުގެ ދާއިރާގައި ނުވަތަ ސަޕޯޓް އޭރިޔާގައި މަދުވެގެން 01 އަހަރުގެ ތަޖްރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ސްޓްރެޓެޖިކް ޕްލޭނިންގައި ކަނޑައަޅާފައިވާ ކަންކަން ހިނގާ ނުހިގާގޮތް ބެލުމާއި ޑިވެލޮޕްމެންޓް ޕްރްޖެކްޓަކުގެ އިދާރީ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

18 ޑިސެންބަރު 2018 ވަނަ ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

11 ޑިސެންބަރު 2018
ހޯދާ