މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމު:

ޕްރޮޖެކްޓް ކޮންސަލްޓަންޓް

ސެކްޝަން:

އެކްޒެކެޓިވް ބިއުރޯ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 5 ވަނަ ފަންގިފިލާ، ވެލާނާގެ، ކ. މާލެ އަދި މި ކޯޕަރޭޝަންގެ ޕްރޮޖެކްޓް ސައިޓްތަކުގައި.

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

ދެފަރާތް އެއްބަސްވާ ގޮތަށް

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް ދާއިރާއިން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. ސިވިލް އަދި އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ރާވާ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
  3. ބިޒްނަސް ފީސިބިލިޓީ ރިޕޯޓު ހެދުމާއި، ކޮންޓްރެކްޓް މެނޭޖްމަންޓް އާއި، ފައިނޭންޝަލް ފޯރކާސްޓިންގ އާއި ޕްރޮޖެކްޓް ފައިނޭންސް ބެލެހެއްޓުމާއި ފައިނޭންޝަލް މެނޭޖްމަންޓް އިން ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޕްލޭން ރޭވުން.
  2. ފައިނޭންޝަލް ފޯރކާސްޓިންގ އަދި ޕްރޮޖެކްޓްތައް ހިންގުމަށް ފައިނޭންޝަލް ޕްލޭން ހެދުން.
  3. ޕްރޮޖެކްޓްތަކާ ގުޅޭ ކޮންޓްރެކްޓްތައް ބަލަހައްޓައި، ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ރާވާ ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
  4. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

ސުންގަޑި:

18 ޑިސެމްބަރު 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ އޮފީހަށް ހުށަހަޅުއްވާށެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާ.

 

28 ރަބީޢުލް އައްވަލް 1440

06 ޑިސެންބަރު 2018
ހޯދާ