ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: މީޑިއާ ޑިރެކްޓަރ

 

 

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނަންބަރު: 2018/06/އައި.ޔޫ/ކޭ-57  (27 ނޮވެމްބަރ 2018) އިޢުލާންގެ މުއްދަތު ހަމަވިއިރު، އެ މަޤާމަށް އެކަށީގެން ވާވަރަށް ޝަރުޠު ފުރިހަމަވާ މީހުން ކުރިމަތިލާފައިނުވާތީ އެމަޤާމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.

     

މަޤާމުގެ ނަން:

  ޑިރެކްޓަރ

ރޭންކް:

  EX1/B

ސެކްޝަން/ޑިޕާޓްމަންޓް

  މީޑިއާ ސެކްޝަން

ބޭނުންވާ އަދަދު:

  1

ތަޢްލީމާއި ތަޖްރިބާ:

  1. ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން،  ނުވަތަ

 

  1. ނޫސްވެރިކަމުގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމުގެ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  1. ނޫސްވެރިކަމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ 

 

  1. ނޫސްވެރިކަމުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމުގެ ދާއިރާގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  1. މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކުހެއް ލިބެމުން ދިޔުމާއެކު، ނޫސްވެރިކަމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު، ނޫސްވެރިކަމުގެ ދާއިރާގައި އެމް.އެސް 4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  1. ނޫސްވެރިކަމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި އެމް.އެސް 3 ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  1. ނޫސްވެރިކަމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމުގެ ދާއިރާއެއްގެ މަޤާމެއްގައި އެމް.އެސް 2 ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތް ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  1. ނޫސްވެރިކަމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި އެމް.އެސް 1 ރޭންކުގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތް ތަޖުރިބާ ލިބިފައިވުން.

 

މަޤާމްގެ މަސްއޫލިއްޔަތު:

-  ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިޔާ މަސައްކަތްތައް ރާވައި ހިންގާ  ބެލެހެއްޓުމާއި މަޖިލީހުގެ އިދާރާއިން ނެރޭ ޚަބަރާއި ނޫސްބަޔާން ( ދިވެހި ބަހާއި އިނގިރޭސި ބަހުން) ތައްޔާރުކޮށް އަދި މަޖިލީހުގެ އިދާރާއިން ޝާއިއުކުރާ ނޫސް މަޖައްލާ ފަދަ ތަކެތި ތައްޔާރުކޮށް ޝާއިއުކުރުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.

އުޖޫރަ:

- މަހަކު -/15,950 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500/- ރުފިޔާ

 

ފޯމް ފޮނުވަންވީ ތާރީޚް: 10 ޑިސެމްބަރ 2018 ން 13 ޑިސެމްބަރ 2018 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް.

 

ހުށަހަޅަންޖެހޭ ލިއުންތައް: ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރު)

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)

 

ނޯޓް:ވަޒީފާއަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް އިން (www.majlis.gov.mv) ލިބެން ހުންނާނެއެވެ. މިމަޤާމްތަކަށް އެދި ފޯމް ފޮނުވާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާތިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ފޮނުވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

06 ޑިސެންބަރު 2018
ހޯދާ