މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތް ގެ ފަރާތުން ބާއްވާ "ދިވެހިބޭސް އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާއި ބެހޭ މަހާސިންތާ" އާއި ގުޅޭ:

އިޢުލާން

 

މިނިސްޓްރީ އޮފް ހެލްތް ގެ ފަރާތުން ބާއްވާ "ދިވެހިބޭސް އަދި އޯލްޓަނޭޓިވް މެޑިސިން ކުރިއެރުވުމާއި ބެހޭ މަހާސިންތާ" އާއި ގުޅޭ:

 

ސުރުހީގައިވާ މަހާސިންތާގައި ދިވެހިބޭސް އަދި އޯލްޓަނޭޓިވް މެޑިސިންއާގުޅޭ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މައުރަޒުގައި މިކަމާގުޅޭ އިލްމީ ކަރުދާހުގެ ނުވަތަ ދިރާސާގެ އެބްސްޓްރެކްޓް ޕޯސްޓަރެއް ނުވަތަ އެނޫންވެސް މައުލޫތާއިގުޅޭ ޕޯސްޓަރު ފަދަތަކެތި ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް މި ފުރުސަތުވަނީ ހުޅުވާލެވިފައެވެ. ވީމާ މައުރަޒުގައި ޕޯސްޓަރު ފަދަތަކެތި ބައިވެރިކުރުމަށް އެދޭ ފަރާތްތަކުން 18 ޑިސެމްބަރ 2018 ވަނަ ދުވަހުގެ ކުރިން މި މިނިސްޓްރީއަށް ހުށައެޅުމަށް އެދި ދެންނެވީމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ 3014322, 3014316 ނަންބަރ ފޯންއަށެވެ.

 

 

          28 ރަބީއުލްއައްވަލް 1440

06 ޑިސެންބަރު 2018
ހޯދާ