ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ އައުޓްސޯސް ކޮށްގެން ބެލެހެއްޓުމާ ގުޅޭ

މި އިޢުލާންވަނީ 10 ޖަނަވަރީ 2019 13:32 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ސެކިއުރިޓީ އައުޓްސޯސް ކުރުމާއި ގުޅޭ 

ސެކިއުރިޓީ ބެލެހެއްޓުމުގެ އުޞޫލުތަކަށް ބަދަލުތަކެއް ގެނެވިފައިވާތީ، ފަހުގެ އުޞޫލާ އެއްގޮތަށްޢަމަލު ކުރުމަށް އެކަމަށް ކުރިމަތިލުމަށް ހުޅުވާލަމެވެ. މި އިޢުލާނާ ގުޅިގެން މިސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކޮށްގެން ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން ނަންބަރު  GS133/2018/I/11އިޢުލާން ކުރީމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް މި ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6600015 ނަންބަރާ ގުޅުއްވުން އެދެމެވެ.

1- މަސައްކަތުގެ އަގަށް                            70 ޕޮއިންޓް

2- ތަޖުރިބާ އަށް                                18 ޕޮއިންޓް

3- ތަމްރީނުލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް    12 ޕޮއިންޓް

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                                 27 ރަބިއްޔުލްއައްވަލް 1440

05 ޑިސެންބަރު 2018
ހޯދާ