ހިރިޔާ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

 

 

މަޤާމް:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު)

މަޤާމުގެ ރޭންކް:

ޖީ.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

ސެކްޝަން:

އެޑްމިން

މަޤާމް އޮތް އޮފީސް:

ހިރިޔާ ސްކޫލް، ކ. މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހިރިޔާ ސްކޫލް، ކ. މާލެ

މުސާރަ:

4000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1500.00 ރުފިޔާ 

އިތުރު ޢިނާޔަތްތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލަށް އެކިކަންކަމު އަންނަ ފަރާތްތަކާ މުޢާމަލާތުކުރުމުގައި އަދި ފޯނުކޯލްތަކަށް ޖަވާބުދިނުމުގައި އޯގާތެރިކަމާއެކު މުއާމަލާތުކުރުން އަދި އަވަސް ޚިދުމަތްފޯރުކޮށްދިނުން.
  2. އީގަވަރމަންޓުންނާއި ސްކޫލުގެ މެއިލް ގަވާއިދުން ބަލެމާއި މިނޫންވެސް ގޮތްގޮތަށް ސްކޫލްއަށް އަންނަ ސިޓީ/ލިޔުން ފަދަތަކެތި ދުވަހުން ދުވަހަށް އެންޓަރކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  3. ޔައުމިއްޔާ ލިޔަންބޭނުންވާ މަޢުލޫމާތު ހޯދައި ދުވަހުން ދުވަހަށް ޔައުމިއްޔާ ލިއުން
  4. ޓީޗަރުން އޭ.ވީ.ރޫމް ބުކްކުރުމުގެ ރެކޯޑް ބަލަހައްޓާ ޓީޗަރުންނަށް އޭ ވީ ރޫމް ދޫކުރުމުގެ ކަންކަން ހިންގުން.
  5. ބަލާނައިސް ލަސްވާ ދަރިވަރުންގެ ބެލެނިވެރިންނަށް ގުޅައި ދިނުން.
  6. ބަލިވެގެންނާއި އެހެންވެސް ގޮތްގޮތުން ގެއަށް ފޮނުވޭ ދަރިވަރުންގެ މަޢުލޫމާތު ނޯޓްކޮށް ބެލެނިވެރިޔާގެ ސޮއި ކުރުވުން.
  1. ގަޑިޖެހިގެން ސްކޫލަށް އަންނަ ދަރިވަރުންގެ ބެލެނިވެރިންނަށް ގުޅައި ގަޑިޖެހުނު ސަބަބު އޮޅުން ފިލުވުން އަދި ރެކޯޑު ބެލެހެއްޓުން.
  1. ބޭނުންވެއްޖެ ހިނދެއްގައި ސްކޫލްގެ އެކިއެކި މުހިއްމު ކަންތައްތަކާބެހޭ ޚަބަރު ލިޔެ ތައްޔާރުކޮށް ފޮނުވުން އަދި ފައިލްކުރުން.
  2. ސްކޫލް ހިންގާ ޕްރޮގްރާމްތަކާއި ޖަލްސާ ތަކަށް އެހީވުން.

 

 މަޤާމުގެ ޝަރުޠުތައް: 1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

             ނުވަތަ،

 

2- ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ     ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން)   (www.csc.gov.mv) އަދި މިސްކޫލްގެ ވެބްސައިޓުން (www.hiriya.edu.mv) ނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ބައްލަވާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

   (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސަކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަސާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބާޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފެރެންސް ޗެކް ފޯމް

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޑިސެމްބަރ 13 ގެ 14:00 ގެ ކުރިން، ހިރިޔާ ސްކޫލް އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 3305815 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ޑިސެމްބަރ 16 އާއި 2018 ޑިސެމްބަރ 20 އާ ދެމެދު، ހިރިޔާ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307500 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3305815 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

 

 

 

       

26 ރަބީޢުލްއައްވަލް 1440

04 ޑިސެންބަރު 2018
ހޯދާ