އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ސުކޫލު އިސްވެރިޔާ ހުންނާނެ ގެއެއް ކުއްޔަށް ހިފުމާއި ބެހޭ

c

ANGOLHITHEEM SCHOOL                                                       އަނގޮޅިތީމް ސްކޫލް   

ރ.އަނގޮޅިތީމް                                                                R.Angolhitheem   ދިވެހިރާއްޖެ                                                                 Republic of Maldives

 

                                                               ނަމްބަރ:GS125/IUL/2018/14

އިޢުލާން

 

ސްކޫލުގެ އިސްވެރިޔާ ހުރުމަށް ގެއެއް (އެޕާޓްމެންޓެއް) ކުއްޔަހިފުމަށް ބޭނުންވެއްޖެ

 

            މިސުކޫލުގެ  އިސްވެރިޔާ (ޕްރިންސިޕަލް) ހުންނެވުމަށްޓަކައި ގެއެއް ކުއްޔަ ހިފުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، ގެ ކުއްޔަށް ދޫކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތުއަރުވަމެވެ.        

  • މަޢުލޫމާތު ދިނުން:     

        މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 16 ޑިސެންބަރ 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އިން 11:10 ދެމެދު  ސްކޫލު އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

  • އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

        ގެ ކުއްޔަދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 20ޑިސެންބަރ 2018ވާ  ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި ސްކޫލް އޮފީހުގައެވެ.

        ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.

        ވީމާ، މިކަން އާންމުކޮށް އިޢްލާންކުރީމެވެ.

 

                                                   26 ރަބިޢުލްއައްވަލް  1440  

                                                    04 ޑިސެންބަރ 2018

 

 

 

 

 

 

 

04 ޑިސެންބަރު 2018
ހޯދާ