ގާފަރު ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

ގާފަރު ސްކޫލް                                                    

 ކ.ގާފަރު                                                      ނަމްބަރު: GS147-C/2018/23

                                                 

ގެއެއް ކުއްޔަށް ހިފަން

އިޢުލާން

ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެ:

            2019 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި، 2 ކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭ ޢިމާރާތެއް ކުއްޔަށްހިފަން ބޭނުންވެގެން މިސްކޫލުން ކުރި ނަމްބަރ GS147-C/2018/20 އިޢުލާން އާއި ގުޅިގެން މައުލޫމާތު ދެވިފައިވަނީ ކުރީގެ ބިޑް އުސޫލާ އެއްގޮތަށް ކަމަށް ވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން 2019 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި، 2 ކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭ ޢިމާރާތެއް ކުއްޔަށްހިފަން އިޢުލާން ކުރަމެވެ.

            ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގާފަރު ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

06 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00

13 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00

 

            އަންދާސީހިސާބު ހުށަހަޅުއްވާއިރު ގޭގެ ކުރެހުމާއި ގޭގައި ހުންނާނެ ތަކެތީގެ އިންވެންޓްރީ ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ 2014/19 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. 

24 ރަބީޢުލް އޫލާ 1440

02 ޑިސެމްބަރ 2018

02 ޑިސެންބަރު 2018
ހޯދާ