ރަތްމަންދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

c

ރަތްމަންދޫ ސުކޫލް                   

މ.ރަތްމަންދޫ/ދިވެހިރާއްޖެ                                         ނަންބަރ: IUL)GS-164/2018/07) 

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

     .މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ

މަޢުލޫމާތު ސާފްކުރުން

11 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި.

އަންދާސީ ހިސާބު ހުށަހެޅުން

13 ޑިސެމްބަރ2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި.

      މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)  ގެ ދަށުން ރަޖިސްޓްރިވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުން ގެ ވިޔަފާރި  ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

      އަދި ދަންނަވަމެވެ.މަ ޢުލޫމާތު ސާފްކުރެއްވުމަށް ހާޒިރުނުވާ ފަރާއްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ނަމަވެސް، ސީދާ އަންދާސީހިސާބު ހުށަހަޅާ ފަރާތަށް ހާޟިރުވެވެން ނެތްނަމަ، ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ހާޟިރުވާކަމުގެ ލިޔުމަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު، ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ހުށަހަޅާ އަންދާސީހިސާބުތައް ކެނޑޭނީ އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޟިރުގައިކަމުގައި ވުމާއެކު، ގަޑިއަށް ހާޟިރުވުމަށް ސަމާލުކަންދެއްވުން އެދެމެވެ.             

      އިތުރު  މަޢުލޫމާތު  ސާފުކުރެއްވުމަށް  ގުޅުއްވާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި  ކޮންމެ  ދުވަހެއްގެ  ހެނދުނު 08:00 އިން 12:00  އަށް 7952905ނަންބަރ ފޯނާއެވެ.

       މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އަންގާ އިޢުލާނުކުރީމެވެ.

20  ރަބީޣުލް އަށްވަލް 1440

28  ނޮވެމްބަރ  2018

28 ނޮވެންބަރު 2018
ހޯދާ