އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށަށުގައި ޓެލެކޮމިއުނިކޭޝަންސްގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފޯނުއޭރިޔާ ޖެހުމަށް އުރީދޫ މޯލްޑިވްސް އާއި ޙަވާލް ކޮށްފައިވާ ބިމުގައި ހުރި ބައެއް ރުކުގައި ނަމްބަރު ޖަހާފަ ހުރުމުން އެކަން ކުރިފަރާތެއް ހޯދުން

މިރަށަށުގައި ޓެލެކޮމިއުނިކޭޝަންސްގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފޯނުއޭރިޔާ ޖެހުމަށްޓަކައި އުރީދޫ މޯލްޑިވްސް އަށް ދެއްވާފައިވާ ބިން، އުރީދޫ މޯޅްޑިވްސް އާއި ޙަވާލް ކޮށްފައިވާނީ، އެ ބިމުގައިހުރި  އަމިއްލަ މީސްމީހުންގެ އެންމެހާ ރުއްގަހަށް ބަދަލުދީ ނިންމުމަށް ފަހުގައެވެ.

ނަމަވެސް އުރިދޫ މޯލްޑިވްސް އަށް ދެއްވާފައިވާ  ބިމުގައި ފެންސްޖަހާ މިހާރު އެތަނުގެ އިންވަކިހޮށްފައި ވަނީ، އުރީދޫ މޯލްޑިވްސް އަށް ފޯނުއޭރިޔާ ޖެހުމަށް ދެއްވާފައިވާ ބިމަށްވުރެ ވަރަށް ބޮޑުތަން  ކުޑަކޮށެވެ. އެހެންކަމާއެކު އުރީދޫ މޯލްޑިވްސް އަށް ދެއްވާފައިވާ ބިމުގެ ( މިހާރު ފެންސް ޖަހާ ވަކިކޮށްފައިވާ ) ބިމުގެ ދެކުނު ފަރާތު ހުރި ބައެއް ރުކާއި، އަދި ފެންސްގެ ހުޅަނގު ކޮޅު ހުރި ބައެއް ރުކުގައި ވެސް ވަނީ، އަމިއްލަ މީހުންގެ ނަމްބަރު ޖަހާފައެވެ.

ވުމާއެކު، އުރިދޫ މޯލްޑިވްސް އަށް ދެއްވާފައިވާ  ބިމުގައިހުރި ބައެއް ރުއް ރުކުގައި އަމިއްލަ ބައެއް މީހުން ނަމްބަރު ޖަހާފައިވާތީ، އެރުއް ރުކުގައި ނަމްބަރު ޖަހާފައިވާ ފަރާތްތަކުން އެރުއް ރުކުގައި ނަމްބަރު ޖަހަން ޖެހުނު ސަބަބު ބަޔާންކޮށް 06 ޑިސެމްބަރު 2018 ދުވަހުގެ 14.00 ގެ ކުރިން ލިއުމަކުން އެކަން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މި ރުއްތަކުގައި ނަމްބަރު ޖަހާފައިވާ ފަރާތްތަކުން ސަބަބު ބަޔާންކޮށް ލިއުމަކުން މި މުއްދަތުގެ ތެރޭގައި މި އިދާރާއަށް ހުށަނާޅާފިނަމަ އެރުއް ރުކުގައި ޖަހާފައިވާ ނަމްބަރު ކެނޑުމަށްފަހު އެރުއް ރުކުގައި މި ކައުންސިލްގެ އިދާރާއިން ރަތްކުލައިގެ ދަވާދުން ވަށާއިގެން ބަންދު އެޅުމަށްފަހު ނަމްބަރު ޖަހާ   އެރުއް ރުކަކީ، ރައްޔިތުންގެ ރުއް ކަމުގައި ނިންމޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. 

27 ނޮވެންބަރު 2018
ހޯދާ