ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންގެ ހިޔަލުގެ ރުއްގަނޑު ކުއްޔަށްދިނުމާއި ބެހޭ

ޢިއުލާނު

 

"ޒުވާނުންގެ ހިޔަލުގެ ރުއްގަނޑު" ކުއްޔަށް ދޫކުރުމާއި ބެހޭ

         މިއިދާރާގެ ނަންބަރު (IUL)400/INDIV/2018/33 (14 ނޮވެމްބަރ 2018) އިއުލާނާއި ގުޅިގެން "ޒުވާނުންގެ ހިޔަލުގެ ރުއްގަނޑު" ކުއްޔަށް ހިފުމަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށައަޅައިފައި ނުވާތީވެ އަލުން އެރުއްގަނޑު ކުއްޔަށް ދޫކުރުމަށް އަލުން ހުޅުވާލަމެވެ.

         ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 04 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 06 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         މި ބީލަމުގެ ބީލަންފޮތް، 04 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުން ފެށިގެން 06 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހާއި ހަމައަށް މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތުގެ އަގަކީ 20 ރުފިޔާއެވެ.

         ބީލަމުގެ މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6800718 ނަންބަރަށް ގުޅުއްވުން އެދެމެވެ.

27 ނޮވެންބަރު 2018
ހޯދާ