ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ތިނަދޫ ފިހާރައަށް ބަސްތާއިން ގެންދެވޭ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ކަމާލު ކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެވެރިފަރާތް:ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުން:ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2018 ޑިސެމްބަރ 02 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން އެސް.ޓީ.އޯ ތިނަދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސްދޫކުރުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ޑިސެމްބަރ 02 ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 ޑިސެމްބަރ 02 ވާ އާދީއްތަ ދުވަހުގެ 14:30 ގައި މަޢުލޫމާތު ދިނުމުގެ   ބައްދަލުވުމެއް އެސްޓީއޯ ތިނަދޫ ފިހާރައިގައި އޮންނާނެއެވެ.   

ސުވާލާއިޖަވާބު:ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2018 ޑިސެމްބަރ 03 ވާ ހޯމަ ދުވަހުގެ  14:30ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 ޑިސެމްބަރ 04 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސްބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 ޑިސެމްބަރ 10 ވާ ހޯމަ ދުވަހުގެ 14:30 ގައި  އެސް.ޓީ.އޯ ތިނަދޫ ފިހާރައިގައެވެ.

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު: 3344262 , 3344180

ފެކުސް:  3344633

އީމެއިލް: [email protected]

27 ނޮވެންބަރު 2018
ހޯދާ