ފޭދޫ ސްކޫލް/ސ.ފޭދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

މި ސްކޫލަށް 1 އަހަރު ދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފަންބޭނުން ވެއްޖެއެވެ. މިޢިއުލާނުގެ ދަށުން  ކުއްޔަށް ދޫކުރާ ގެއަކީ ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަ ވެފައިވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.

  • 2 ކޮޓަރި (އެޓޭޗްޑް ފާޚާނާ)އާއި، ސިޓިންރޫމަކާ، ކައްކާ ކައިބޮއި ހަދާނެ ތަނެއްހުރުން.
  • ގޭގައި އެކުލެވިގެންވާ ހުރިހާތަނަކާއި، ފާޚާނާ ތަކުގައި ތަށިމުށިޖަހާ ސީލިން ކޮށްފައިހުރުން.
  • ކައްކާ ކައިބޮއި ހަދާތަން ފެންވައިރުކޮށް ސިންކުހަރުކޮށް ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއިހަދާ ތަނުގައި އެކަމަށް ބޭނުންކުރާ ގޮޑި، މޭޒުހުރުން.
  • ޞިއްޙީގޮތުން ރަގަނޅު ސާފުބޯފެން (ވާރޭފެން) ލިބޭނެގޮތް ހުރުން.
  • މީގެ އިތުރަށް ގޭގައި ހުންނަންޖެހޭ ތަކެތީގެ ލިސްޓުގައި ހިމެނޭ ހުރިހާތަކެތި ހަމަޔަށް ހުރުން. (މިލިސްޓު މަޢުލޫމާތު ސާފުކުރަން ދުރުވުމުން ލިބިލައްވާނެއެވެ.)       

ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 03 ޑިސެމްބަރ 2018 ވަނަ ދުވަހު 10:00 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޑިސެމްބަރ 2018 ވަނަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6892546 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ރަބިއުލްއައްވަލް 1440

26 ނޮވެމްބަރ 2018

26 ނޮވެންބަރު 2018
ހޯދާ