މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ނެޓްބޯލް އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީ އައްޔަންކުރުން

                                                                          އިޢުލާން

 

 

              ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ ގިނަ މެންބަރުން ކޮމެޓީއިން ވަކިވެފައިވުމާއި، އެސޯސިއޭޝަންގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެންމެހާ ކަންކަން ދުވަހުން ދުވަހަށް ބެލެހެއްޓެވުމަށާއި

އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އިޞްލާޙު ކުރެއްވުމަށްފަހު ކޮމިޓީގެ ބެއްލެވުމުގެ ދަށުން އެސޯސިއޭޝަންގެ އިންތިޚާބާއިބެހޭ އެންމެހާ މަސައްކަތްތައް ކުރެއްވުމަށް 3 މަސްދުވަހުގެ މުއްދަތަށް، 5 މެންބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލެއްވުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ ނިންމަވާފައެވެ.

            މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރިއަށް އޮތް އިންތިޚާބުގައި އެ އެސޯސިއޭޝަންގެ އެއްވެސް މަޤާމަކަށް ކުރިމަތި ނުލެއްވޭނެކަމުގައި ދަންނަވަމެވެ.

            ކޮމިޝަނަރ އޮފް ސްޕޯޓްސް އެކުލަވާލައްވާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. އަލްފާޞިލް މޫސާ ނާޝިދު (ކޮމެޓީގެ ޗެއަރ)
  2. އަލްފާޟިލާ އިސްރަތު ހަމީދު – (ވައިސް ޗެއަރ)
  3. އަލްފާޟިލާ ޔާޒްނީ ނަޝީދާ – މެމްބަރ
  4. އަލްފާޟިލް އަޙްމަދު އާދަމް – މެމްބަރ
  5. އަލްފާޟިލް ޢަލީ ސަލީމް – މެމްބަރ

 

                                                                         07 ރަބީޢުލްއައްވަލް 1440

15 ނޮވެންބަރު 2018
ހޯދާ