ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

`

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ

އުލިގަން، ދިވެހިރާއްޖެ

                                                              ނަންބަރ: IUL)/245/245/2018/28)




އިޢުލާން

 

އަންދާސީ ހިސާބު ހޯދުން.

މިރަށު ޤަބުރުސްތާން ވަށާފާރު ރާނާ ގަބުރުސްތާނަށް އަލިވާގޮތަށް ލައިޓް އަމިއްލަ ތަކެތީގައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކައުންސިލްގެ ނަންބަރ: (IUL)245/245/2018/27 ( 28 އޮކްޓޫބަރ 2018 ) އިއުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބްތަށް ބޮޑުކަމަށް ފެންނާތީ، އެއިއުލާން ބާތިލްކޮށް އަލުން އެމަސައްކަތްކޮއްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކުރަމެވެ.

ވީމާ މިމަސައްކަތަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އުލިގަމު ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

21 ނޮވެމްބަރ 2018  ބުދަ ، 10:30

28 ނޮވެމްބަރ 2018 ބުދަ ، 10:30

 މިމަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީއަކުން އަންގަންވާނެއެވެ. މަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، އަންދާސީ ހިސާބުތައް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

06 ރަބީޢުލް އައްވަލް 1440

14 ނޮވެމްބަރ 2018

 

 

                                                        

14 ނޮވެންބަރު 2018
ހޯދާ