ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކެންޓީނެއް ޢިމާރާތްކޮށް، ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

   ނ. އަތޮޅު ތަޢުލީމީ މަރުކަޒު

      ސޯސަންމަގު

      ނ.ވެލިދޫ، ދިވެހިރާއްޖެ                                       ނަމްބަރު: GS07/IUL/2018/014

އިޢުލާން

ކެންޓީނެއް ޢިމާރާތްކޮށް، ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ       

        

މި މަދަރުސާއިން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކެންޓީނެއް ޢިމާރާތްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

 

           މިކެންޓީނު ޢިމާރާތް ކުރުމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި، މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރަޕޯސަލް ހުށައެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

2018 ނޮވެމްބަރ 07 ވާ ބުދަ ދުވަހުގެ 11:00 ގައި

ޕްރަޕޯސަލް ހުށައެޅުއްވުމާއި، ކެނޑުން

2018 ނޮވެމްބަރ 12 ވާ ހޯމަ ދުވަހުގެ 11:00 ގައި

 

               މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރަޕޯސަލް ހުށައެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށައަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރަޕޯސަލްތަކާއި، ގަޑިޖެހުމަށްފަހު ހުށައަޅާ ޕްރަޕޯސަލްތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

     މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިމަދަރުސާގެ ނަމްބަރު GS07/IUL/2018/012  އިޢުލާނާގުޅިގެން އެކަށީގެންވާ ޢަދަދަށް ކުރިމަތިލައްވާފައިނުވާތީ، އެ އިޢުލާން ބާޠިލްކުރިވާހަކަ ދެންނެވީމެވެ.

 

26 ޞަފަރު 1440

04 ނޮވެމްބަރ 2018

04 ނޮވެންބަރު 2018
ހޯދާ