ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ރައްޔިތު ޢިމާރާތްތައް ކުނިކަހާ ވިނަނޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

ހަނިމާދޫ ރައްޔިތު ޢިމާރާތްތައް ކުނިކަހާ ވިނަނޮޅާ ސާފުކޮށް ބަލަހާއްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

              ހަނިމާދޫ ޢިޖުތިމާޢީ މަރުކަޒާއި، ފީރޯޒްވިލާއާއި އަދި ހަނިމާދޫ ދޮންވެލި ޢިމާރާތުގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތަކުގެ ދެބައިކުޅައެއްބައި  02 އަހަރު ދުވަހުގެ މުއްދަތަށް ވިނަނޮޅައި ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 08 ނޮވެމްބަރު 2018 ވާ  ބުރާސްފަތި ދުވަހުގެ 11.20 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ނޮވެމްބަރު ވާ އަންގާރަ ދުވަހުގެ 11.20 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ކުންފުނި، ލޯކަލްއިންވެސްޓްމަންޓް، ކުލަބްޖަމްޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރެޖިސްޓެޑް ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، މި ކައުންސިލުގެ އިދާރާއަށެވެ.

01 ނޮވެންބަރު 2018
ހޯދާ