ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
މިސުކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

2019 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން 2019 ވަނަ އަހަރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ނޮވެމްބަރ 7 ވާ ބުދަ ދުވަހުގެ 13:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ނޮވެމްބަރ 13 ވާ އަންގާރަ ދުވަހުގެ 13:00 އަށް ބިޑް ހުށަހެޅުވުން އެދެމެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ޤާނޫނު ނަންބަރު: 2014/18 ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ނުވަތަ ޤާނޫނު ނަންބަރު: 2014/19 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާއްތަކަށެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވޭނީ މި މަސައްކަތުގެ މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ދުރުވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. މި ބައްދަލުވުމަށް ދުރުވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

22 ޞަފަރު 1440

31 އޮކްޓޫބަރު 2018
ހޯދާ