ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު

2019 ވަނަ އަހަރަށް ސްކޫލަށްކުދިންވެއްދުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލުން

 

މިސްކޫލުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް ކްލާސްތަކަށް ދަރިވަރުން ވައްދަން އެދޭ ފަރާތްތަކަށް 31 އޮކްޓޯބަރ 2018 އިން ފެށިގެން އެ ފުރުޞަތު ހުޅުވާލަމެވެ.

ޕްރީސްކޫލް މަރުޙަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.

ޢުމުރުފުރާ

މަރުޙަލާ

2019ވަނަ އަހަރުގެ ޖެނުއަރީ 1ށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ

އެލް.ކޭ.ޖީ

2019ވަނަ އަހަރުގެ ޖެނުއަރީ 1ށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ

ޔޫ.ކޭ.ޖީ

އަދި ދަންނަވަމެވެ. މަތީގައިވާ އުމުރުފުރާގެ އިތުރުން އެޑްމިޝަން ޕޮލިސީގެ 4 ވަނަ މާއްދާގެ (ށ)ގައިވާ ގޮތަށް ސްކޫލަށް ވައްދަންއެދޭ އަހަރުގެ މާރޗް މަހުގެ 31ގެ ނިޔަލަށް އަހަރުފުރޭ ކުދިންނަށް ފުރުޞަތު ދެވޭނެކަމުގައި ދެންނެވީމެވެ.

ވީމާ، މިސްކޫލުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަށް އަލަށް ދަރިވަރުން ވައްދަންއެދޭ ފަރާތްތަކުން 15 ނޮވެމްބަރ 2018ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން "2019ވަނަ އަހަރު LKG އަދި UKG އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު މިސްކޫލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ސްކޫލު އޮފީހުންް ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

31 އޮކްޓޫބަރު 2018
ހޯދާ